ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު, އެސިސްޓެންޓް މެނޭޖަރ/ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ވަޒީފާގެ ފުރުސަތު

ތާރީޚް

13 ރަމަޟާން 1443

14 އޭޕްރީލް 2022

ނަންބަރު

179-3.3/1/2022/16 (IUL)

މަޤާމް:

އެސިސްޓެންޓް މެނޭޖަރ/ އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް

ދާއިމީ

މަސައްކަތް ކުރަންޖެހޭ ތަން

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މުސާރަ އާއި އެލަވަންސް

-/14,500 ރުފިޔާ އާއި -/16,000 ރުފިޔާ އާ ދެމެދު

ޑެއިލީ އެލަވަންސް

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ

އތުރުގަޑީގެ ފައިސާ

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ޝަރުތު

 

-        އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު، ރާއްޖެ ނުވަތަ ރާއްޖެއިން ބޭރުގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ،

 

-        ބިޒިނަސް، އެކައުންޓިންގ، ފައިނޭންސް، ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ހުނަރުތައް

-        މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

-        ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މައިގަނޑު މަސްއޫލިއްޔަތުތައް:

-        އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ މަސައްކަތް ރާވާ ޕްލޭން ކުރުމާއި ޓްރެއިނިންގ އެކްޓިވިޓީތަކުގެ މޮޑިއުލް ތައްޔާރުކުރުމާއި ޕްރޮގްރާމްތައް ރާވާ ތައްޔާރުކުރުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން

-        އޮތޯރިޓީން ކުރިޔަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހުށަހެޅުމާއި، ކެޕިޓަލް މާރކެޓާގުޅޭ ޕްރެޒެންޓޭޝަން ހުށަހެޅުން

-        ކެޕިޓަލް މާރކެޓްގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ އެފަރާތްތަކަށް އަމާޒުކޮށްގެން ހިންގާނެ ޓްރެއިނިންގތައް ކަނޑައެޅުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން

-        އެޑިއުކޭޝަން އެންޑް ޓްރެއިނިންގއަށް ބޭނުންވާ މެޓީރިއަލްތައް (ބްރޯޝަރ، އޯޑިއޯ އަދި ވިޝުއަލް އެވެއަރނެސް އެކުލެވޭ) ޑިޒައިންކުރުމާއި ޑިވެލޮޕްކުރުމުގައި އެހީތެރިވުން

-        ޑިޕާޓްމަންޓުން ހިންގާ ޕްރޮގްރާމްތައް މާކެޓްކުރުމާއި ޕްރޮގްރާމާގުޅޭ ކަންކަން ބައިވެރިންނާއެކު ހިއްސާކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން

-        ޒަމާނާ އެކަށީގެންވާ ގޮތަށް އޮތޯރިޓީން ހިންގާ އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ޕްރޮގްރާމްތައް ޑިޒައިންކުރުމާއި މީޑިއާ މެދުވެރިކޮށް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމް ހަމަޖެއްސުން

-        އޮތޯރިޓީން ލައިސަންސް ދޫކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިމްތިހާނުތައް ބޭއްވުމަށް ކުރަންޖެހޭ ކަންކަމާގުޅޭ އިންތިޒާމް ހަމަޖެއްސުން

-        ސީ.އެމް.ޑީ.އޭ ގެ އިންސްޓިޓިއުޓް ގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑުތައް

-        ތަޢުލީމާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ 50%)

-        ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ  15% )

-         އެސެސްމަންޓް  (ކަނޑައެޅިފައިވާ އިންސައްތަ 15% )

-        އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ 20%)

އެޕްލިކޭޝަން ސުންގަޑި

-        25 އޭޕްރީލް 2022 ގެ 12:00 ގެކުރިން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-        އެޕްލިކޭޝަން ފޯމު

-        ކަރިކިއުލަމް ވިޓާ (ސީވީ)

-        ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ކޮޕީ

-        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ

-        ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

އިތުރު މަޢުލޫމާތު

-        މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

-        މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި އިންޓަރވިއު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

-        މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހެޅުން

ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް ފޯމް ހުށަހެޅުން އެދެމެވެ.

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]

ވެބްސައިޓް: www.cmda.gov.mv

ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

 

ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށް، ކޮލިފިކޭޝަނާއި ތަޖުރިބާއަށް ބަލައި، ވަޒީފާ ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

14 އޭޕްރިލް 2022
ހޯދާ