ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ކުޅިވަރުތަކަށް ކޯޗުން ހޯދުން (އެތުލެޓިކްސް)

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކޯޗުން ހޯދުމަށް ބޭނުންވެއެވެ.

ކުޅިވަރު: އެތުލެޓިކްސް

 އެތުލެޓިކްސް ކޯޗު (އަންހެން އަދި ފިރިހެން)

ބޭނުންވާ ޢަދަދު

 އަންހެން 1 ފިރިހެން 1

 ބާވަތް

ކޮންޓްރެކްޓް

އޮފީސް

 ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް

 ސެކްޝަން

 ކޯޗިންގ

މުސާރަ

 4000 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދު

ޝަރުޠު

  • IAAF  ކޯޗިންގ ދަށްވެގެން ލެވެލް 1 އޮތުން ނުވަތަ
  • ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ ކޯހެއް ހަދާފައިވުން ނުވަތަ
  • ފިޒިކަލް ފިޓްނަސް ކޯހެއް ހަދާފައިވުން ނުވަތަ
  • އެތުލެޓިކްސް ކްލަބެއްގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން ނުވަތަ
  • ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގެންގުޅުމުގެ ކޯހެއް (ޓީޗިންގ) ހަދާފައިވުން ނުވަތަ
  • ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ކުރުމުގެ ޝައުޤު ހުރުން

މަސްޢުލިއްޔަތު

 ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއިން އަންގާ ގޮތެއްގެމަތިން ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން (ފަރާތް)ގެ އެތުލެޓިކްސް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުން.

މުއްދަތު

  • 1 (އެކެއް) އަހަރު. (އަހަރު ގުނާނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެންނެވެ.)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް

 20 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް.
  • ކުޅިވަރު ސެޓްފިކެޓްތައް.
  • މިހާރު އެހެންތަނެއްގައި މަސަތްކަތް ކުރާނަމަ އެތަނެއްގެ ލިޔުން.
  • އެތުލެޓިކްސް ދާއިރާއިން ލިބިފައިފާ ތަޖްރިބާ އެނގޭނެ ލިޔުން.

އެޕްލިކޭޝަން ހުށަޝަހެޅުން

  • ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 13:00 އަށް  ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް އަށް (ގަލޮޅުދަނޑު އެކަމަޑޭޝަން ބްލޮކް) ނުވަތަ  [email protected] މެއިލް މެދުވެރިކޮށް  ހުށަހެޅޭނެއެވެ.
  • ވަޒީފާ އަށް އެދޭ ފޯމު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީހުން އަދި www.somaldives.org  އިން ޑައުންލޯޑު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ހޮވޭ ކޯޗަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚްލާޤަށް ބަލައި، އެއްވެސް  އިންޒާރެއް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަށް ލިބިގެންވެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7939944 ނަންބަރު ފޯނަށެވެ.
13 އޭޕްރިލް 2022
ހޯދާ