މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުން

"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދުން

ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ރާއްޖޭަގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ، މި ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ، އޮންލައިން މީޑިއާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ތަފްސީލް ތާރީޚް ދުވަސް ގަޑި
މަޢުލޫމާތު ސާފުކުރުން 19 އެޕްރީލް 2022 އަންގާރަ 10:00
އަންދާސީ ހިސާބު ހުށަހެޅުން 24 އެޕްރީލް 2022     އާދިއްތަ 10:00
އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް

އީމެއިލް: [email protected] / [email protected]

3334333 / 3334328

 12  އެޕްރީލް    2022 

12 އޭޕްރިލް 2022
ހޯދާ