ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ (އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓް)

ވަޒީފާގެ ފުރުޞަތު

މަޤާމް:

މެނޭޖަރ (އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓް)

ވަޒީފާގެ ދާއިރާ:

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:  

-/11,500ރ އާއި -/22,540ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުންޏަށް ހުށެހެޅޭ އެކިއެކި އިންވެސްޓްމަންޓް ޕްރޮޕޯސަލްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ރިސްކް އެސެސްމަންޓުތައް ހެދުމުގައި ޑިޕާޓްމަންޓް ހެޑަށް އެހީތެރިވުން.
  • ކުންފުނިން ހިންގާ އިންވެސްޓްމަންޓް މަސައްކަތްތަކުގައި ޑިޕާޓްމަންޓް ހެޑަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
  • ކުންފުނިން ހިންގާ ޕްރޮޖެކްޓުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ އެޑްވައިޒަރީ ސަރވިސަސްތަކުގައި ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.
  • ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމާއި ރިޕޯޓު ތައްޔާރުކުރުން.
  • ކްލަޔަންޓުން ހުށަހަޅާ ރިޕޯޓުތައް މުރާޖަޢާކުރުމަށްފަހު، ހުށަހެޅިފައިވާ ރިޕޯޓްތަކުގެ ޞައްޙަ ކަމާގުޅޭގޮތުން، ޑިޕާޓްމަންޓް ހެޑަށް ޕްރޮފެޝަނަލް އޮޕީނިއަން ދިނުން.
  • އިންވެސްޓްމަންޓް ޕޮލިސީތައް އެކުލަވައިލުމުގައި ހެޑް އޮފް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރސް އެކުލަވައިލުމުގައާއި އިންޓަރނަލް ކޮންޓްރޯލްސް ވަރުގަދަ ކުރުމުގައި ހެޑް އޮފް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މާލީ ގުޅުން ތަކާބެހޭގޮތުން މެނޭޖްމަންޓުން ބޭނުންވާ އެޑް-ހޮކް ރިޕޯޓު ހުށަހެޅުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2022 އެޕްރީލް 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

10 ރަމަޟާން 1443

11 އެޕްރީލް  2022

11 އޭޕްރިލް 2022
ހޯދާ