ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

     ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 17 އޭޕްރީލް 2022 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވާ، ބިޑްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ އިތުރު އެއްވެސް މަޢޫލޫމާތެއް ނުވަތަ ސުވާލެއް ކުރައްވާނީ މަތީގައި ދެންނެވިފައިވާ ވަގުތުގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވައިގެން ނުވަތަ ކައުންސިލުގެ ނަންބަރ 6840006 އާއި ގުޅުއްވައިގެންނެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 އެޕްރީލް 2022
ހޯދާ