މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

"މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" އިންތިޒާމުކޮށް ރާވައިދޭނެ ފަރާތެއް ހޯދުން

 

ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން "މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައިކަންކަން އިންތިޒާމުކޮށް ރާވައި ހިންގައިދޭނެ ފަރާތެއް (އިވެންޓް އޯގަނައިޒަރ) ހޯދަން ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން،  ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން،  މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ  މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި  ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

ތަފްސީލް ތާރީޚް ދުވަސް ގަޑި
މަޢުލޫމާތު ސާފުކުރުން 20 އެޕްރީލް 2022 ބުދަ 10:00
އަންދާސީ ހިސާބު ހުށަހެޅުން  25 އެޕްރީލް 2022 ހޯމަ 10:00
އިތުރު މަޢުލޫމާތު  ސާފުކުރެއްވުމަށް  

އީމެއިލް: [email protected] / [email protected]

3334333 / 3334328

 

                                  11  އެޕްރީލް    2022    

11 އޭޕްރިލް 2022
ހޯދާ