ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އަލުން އިޢުލާން ކުރުން

މަޤާމު: ސްޕެޝަލް ކޮންސްޓެބްލަރީ ކޮންސްޓަބަލް

ސަމާލުކަމަށް: މި ޚިދުމަތުން 2022 ފެބްރުއަރީ 20 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ނަންބަރު:05 ވަނަ އިޢުލާނަށް އެކަށީގެންވާވަރަށް ފޯމް ހުށަހަޅާފައިނުވާތީ، އަލުން އިޢުލާންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ބަޔާންކޮށްފައިވާ އިޢުލާނާއި ގުޅިގެން ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތައް، މި އިޢުލާނާއި ގުޅިގެން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

މުސާރަ: 

- މުސާރަ އާއި ޢިނާޔަތްތައް:  -/11,421 ރުފިޔާ

މަޤާމުގެ މަސްޢޫލިއްޔަތު: ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޝަރުތު:

- ގްރޭޑް 10 ނިންމާފައިވުން، 

- މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްކޮޅު: ފިރިހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓު 03 އިންޗި އަށްވުރެ ކުރު ނުވުން، އަދި އަންހެން ކެންޑިޑޭޓެއް ނަމަ އިސްކޮޅުގައި 05 ފޫޓަށްވުރެ ކުރު ނުވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން،

ވަޒީފާއަށް މީހުން ހޮވުމުގައި ބެލޭނެ ކަންތައްތައް:

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން،

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   މާލެ

ހުށަހަޅަންޖެހޭ ލިޔުންތައް: 

- ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް،

- ފުލުހުންގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (ސަނަދުގައި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 އެޕްރީލް 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.  މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

09 ރަމަޟާން 1443

10 އޭޕްރިލް 2022
ހޯދާ