|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
މެނޭޖަރ (ކްރެޑިޓް ކޮންޓްރޯލް މެނޭޖަރ)
|
|
ވަޒީފާގެ ދާއިރާ:
|
ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
އަސާސީ މުސާރަ:
|
-/11,500ރ އާއި -/22,540ރ ދެމެދު
|
|
އެހެނިހެން އެލެވަންސް:
|
މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ކަސްޓަމަރުންގެ ކްރެޑިޓް ފެސިލިޓީސްތަށް ކޮންޓްރޯލްކޮށް މެނޭޖްކުރުން
- ކްރެޑިޓް ކޮންޓްރޯލް ޔުނިޓުން ކަނޑައަޅާ ކުންފުނީގެ ޓާރގެޓްތައް ކޮންޓްރޯލްކޮށް މެނޭޖްކުރުން
- ބިޒްނަސް ޔުނިޓްތަކުން ލިބެންޖެހޭ ފައިސާ ހޯދާ އެފައިސާ ލިބޭނެ ނިޒާމެއް ގާއިމްކުރުން
- ކަސްޓަމަރުންނާއި މަޝްވަރާކޮށް ކަސްޓަމަރުންގެ ބެލެންސްތަށް ރީކޮންސައިލްކުރުން
- ކުންފިނީގެ ކްރެޑިޓް ޕޮލިސީ އަޕްޑޭޓް ކުރުން
- ކުންފުންޏަށް ކްރެޑިޓްފގެ ގޮތުގައި ނުލިބޭ ފައިސާގެ ތެރެއިން 60 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ތަންތަނުން އެފައިސާ ހޯދުމުގެ މަސައްކަތްތައް
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން:
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
05 ރަމަޟާން 1443
06 އެޕްރީލް 2022
|