ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް ޓެކްނީޝަން

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ޕީ.ސީ، ލެޕްޓޮޕް އަދި އެހެނިހެން އިލެކްޓޯނިކް އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން
  • ވިންޑޯސް ސަރވަރ ސެޓްއަޕް ހެދުމާއި ސަރވަރއަށް ދިމާވާ އެންމެހައި ކަންކަން ހައްލުކުރުން
  • ކުންފުނީގެ ނެޓްވާރކާ ގުޅޭ އެންމެހައި ކަންކަން ކުރުމާއި ނެޓްވޯކަށް ދިމާވާ އެންމެހައި މައްސަލަތައް ހައްލުކުރުން
  • ކުންފުނީގައި ބޭނުން ކުރަމުންދާ ސިސްޓަމް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވިލަރެސްކުރުން
  • ކުންފުނީގެ ސާރވާތައް ދުވަހުން ދުވަހަށް ބަލަހައްޓައި ދިމާވާ މައްސަލަތައް ހައްލުކޮށް ގެންނަންޖެހޭ އަޕްގްރޭޑްތައް ގެނައުމުގައި ޓެކްނިކަލް ލަފާ ދިނުން
  • ކުންފުނީގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުން
  • ކުންފުނީގައި އިންސްޓޯލްކޮށްފައިވާ ސޮފްޓްވެއަރތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން
  • ކުންފުނީގައި ގައި ހުންނަ އައިޓީ އާބެހޭ ތަކެއްޗަށް ދިމާވާ މައްސަލަތަކުގެ ޓްރަބްލްޝޫޓް ކުރުން. މިގޮތުން މައްސަލަޖެހިފައިވާ އައިޓީ ތަކެތި ރިޕެއާކުރުން އަދި ރިޕެއާރ ނުކުރެވޭތަކެތި އޮފީހުން ބޭރަށް ފޮނުވައިގެން ރިޕެއަރ ކުރުމަށް ލަފާދިނުން
  • ކޮންފަރެންސް އަދި މީޓިންގްތަކަށް ސެޓަޕް ހަދައިދީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ހަވާލުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާ އަށް ޝޯޓްލިސްޓް ކުރުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމަށް އިންޓަވިއު ކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  • މިމަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

04 ރަމަޟާން 1443

05 އެޕްރީލް  2022

05 އޭޕްރިލް 2022
ހޯދާ