ދިވެހިރާއްޖެ
| 
 މަޤާމު  | 
 ސީނިއަރ އެކައުންޓްސް އޮފިސަރ  | 
| 
 ރޭންކް/ކްލެސިފިކޭޝަން  | 
 MS3/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ސަރވިސް  | 
 މިޑްލް މެނޭޖްމަންޓް ސަރވިސް  | 
| 
 ޑިޕާޓްމަންޓް / ސެކްޝަން  | 
 ފައިނޭންސް އެންޑް އެކްއިޒިޝަން  | 
| 
 ބޭނުންވާ އަދަދު  | 
 01  | 
| 
 މުސާރަ  | 
 -/7035 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/2000 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 ތަޢްލީމާއި ތަޖްރިބާ  | 
 1. ފައިނޭންސް / އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު  | 
 1. މިނިސްޓްރީގެ ފައިނޭންސް އެންޑް އެކުއިޒިޝަން ޑިޕާޓްމަންޓް ހިންގުމުގައި ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްގެ ބަޖެޓާއި، ބަޖެޓާ ނުބެހޭ އެކައުންޓުތަކުން ކުރެވޭ ޚަރަދުތައް ބަލަހައްޓައި، އެ ޚަރަދުތައް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން. 2. ކުރިއަށްއޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، މިނިސްޓްރީ އޮފް ފިނޭންސްއިން އަންގަވާގޮތެއްގެމަތީން ތައްޔާރުކުރުން. 3. ބަޖެޓް ނުވަތަ ބަޖެޓާ ނުބެހޭ އެކައުންޓުތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ލިބޭ ބިލްތަކާއި ލިޔުންތައް ބެލުން. 4. ބަޖެޓުތަކުގެ އައިޓަމްތަކުގެ ބާކީ ހުރިނެތްގޮތް ބަލައި، ޑެބިޓްވާ ކޯޑުތައް އެޖެސްޓުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުން. 5. މިނިސްޓްރީގެ ފައިނޭންސް އެންޑް އެކްއިޒިޝަންގެ އަހަރީ ރިޕޯޓް (މާލީބަޔާން) ތައްޔާރުކުރުމުގައި ޑިރެކްޓަރ ޖެނެރަލްއަށް އެހީތެރިކަން ފޯރުކޮށްދިނުން. 6. ޑިޕާޓްމަންޓުގައި ކުރާ މަސައްކަތްތައް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ހަލުވިކޮށް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެފަދަ އިންތިޒާމްތައް ޤާއިމުކުރަން މަސައްކަތް ކުރުން.  | 
| 
 މަޤާމު  | 
 ސީނިއަރ އައި.ޓީ އޮފިސަރ  | 
| 
 ރޭންކް/ކްލެސިފިކޭޝަން  | 
 MS3/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ސަރވިސް  | 
 މިޑްލް މެނޭޖްމަންޓް ސަރވިސް  | 
| 
 ޑިޕާޓްމަންޓް / ސެކްޝަން  | 
 ސްޓްރެޓެޖިކް ކޮމިއުނިކޭޝަން / އިންފޮމޭޝަން މެނޭޖްމަންޓް  | 
| 
 ބޭނުންވާ އަދަދު  | 
 01  | 
| 
 މުސާރަ  | 
 -/7035 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް  | 
 -/2000 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސާއި އުޖޫރަ  | 
 އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 ތަޢުލީމާއި ތަޖުރިބާ  | 
 1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު  | 
 1. އޮފީހުގެ ސަރވަރތައް ބެލެހެއްޓުން. 2. އޮފީހުގެ ކޮމްޕިއުޓަރތަކާއި އައި.ޓީ އާބެހޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގެ ތެރެއިން ރަނގަޅުކުރެވެން ހުރި މިންވަރަކުން ރަނގަޅުކޮށް، ނުކުރެވޭ ތަކެތި ޕްރޮކިއުމަންޓާ ގުޅިގެން އެކަމާބެހޭ މީހުން ލައްވައި ރަނގަޅު ކުރުވުން. 3. އޮފީހުގެ ވެބްސައިޓުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނައުމާއި، އެކި މުނާސަބަތު ނުވަތަ ޙަރަކާތްތަކާގުޅޭ ބައިތައް މިނިސްޓްރީން ބޭނުންވާ ގޮތަށް އިތުރުކުރުމާއި، ޒިންމާދާރުކަމާއެކު ވެބްސައިޓުގެ ސެކިއުރިޓީ ބެލެހެއްޓުން. 4. އޮފީސް އޮޓޮމޭޝަނަށް ލަފާދީ އެފަދަ އިންތިޒާމުތައް ޤާއިމުކުރަން ކުރެވެން ހުރި މަސައްކަތް ކުރުން. 5. އޮފީހުގައި ބޭނުންކުރަން ތައްޔާރުކުރެވޭ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ޕްރޮގުރާމުތައް ބެލެހެއްޓުމާއި، ދިވާމާ މައްސަލަތައް ހައްލުކުރުން. 6. އޮފީހުގެ އީމެއިލް ސިސްޓަމް ބެލެހެއްޓުމާއި މިއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން. 7. އޮފީހުގެ ފޯނުތައް ބެލެހެއްޓުމާއި މިނިޒާމަށް ގެންނަންޖެހޭ ޕްރޮގްރާމިންގ ބަދަލު ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު މުވައްޒަފުންނަށް މި ޚިދުމަތް ރަނގަޅަށް ފޯރުވައިދިނުން. 8. އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކު ރަނގަޅަށް އަޕްޑޭޓުކޮށް ބެލެހެއްޓުން. 9. އޮފީހުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ސުޕަވައިޒަރުގެ ލަފާގެ މަތީން ޢާއްމުކޮށް ހާމަކުރުން. 10. މީގެ އިތުރުން އޮފީހުން ހަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.  | 
| 
 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން  | 
 15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ ދުވަހު 14.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު) އަށް  | 
| 
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ). 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3. ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ). 5. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރި ގޮތުގެ ލިޔުންތައް.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 - ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ - މަސައްކަތު އަޚުލާޤު - މަސައްކަތް ކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް - ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.  | 
| 
 އިންޓަވިއު ކުރުން  | 
 މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 18 ސެޕްޓެންބަރު 2014 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރާނީ ޝޯޓްލިސްޓު ކުރެވުނު 10 ފަރާތާއެވެ.  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާއްމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭނީ މާލޭގައެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.  | 
6 ޛުލްޤަޢިދާ 1435
