ދިވެހިރާއްޖެ
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު (ނަންބަރު:29/2015 ) ގެ ދަށުން އެކުލަވާލާފައިވާ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވައިދު (ނަންބަރު: 2021/R-28) ގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވުމަށާއި، ލައިސަންސް ހޯދުމަށް މިމިނިސްޓްރީއަށް ހުށަހަޅަންވާކަމުގައި ބަޔާންކުރެވިފައިވެއެވެ.
މީގެއިތުރުން މިގަވައިދުގެ ދަށުން މިމިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް މިޤާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި ހުށަހެޅުމަށް މިމިނިސްޓްރީގެ ނަންބަރު (IUL)23-TS/PRIV/2021/1 (24 މާރިޗު 2021) ، އަދި (IUI)23/PRIV/2021/2 (01 ޖޫން 2021) އިއުލާނުން ޢާންމުކޮށް އަންގާ ވަނީ އިޢުލާނު ކުރެވިފައެވެ. އަދި މިމިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ އީމެއިލްއަށް، 23 ޑިސެމްބަރ 2021ގެ ކުރިން ރީ-ރަޖިސްޓްރީވުމަށް އަންގާ 14 ޑިސެމްބަރ 2021 ގައިވަނީ މެއިލުކުރެވިފައެވެ. އެހެންނަމަވެސް ރީ-ރެޖިސްޓްރީވެ ލައިސަންސް ހޯދުމަށް ހުށަނާޅާ ސިއްޙީ ފަރުވާދޭ ތަންތަން ހިންގަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ވީމާ މިޤާނޫނު އަދި ޤަވާއިދުގެ ދަށުން ރަޖިސްޓްރީ ނުކޮށްހިންގުމަކީ މަނާކަމެއްކަމުގައިވާތީ، ރަޖިސްޓްރޭޝަނަށް ހުށަނާޅާ ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހުއްދަ މިއަދުން ފެށިގެން ބާތިލުވެފައިވާވާހަކަ ދަންނަވަމެވެ.
