|
މަޤާމުގެ ޝަރުޠު:
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލު ކޮށްފައިވުން.
|
|
އުޖޫރައާއި އިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- އެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީ އާއި ލިޔުންފަދަ ތަކެތި ގެންގޮސް ހަވާލުކުރުން.
- މަރްކަޒަށް ހޯދަންޖެހޭ ތަކެތި ތަންތަނުން ގެނެސްދިނުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.
|
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގައި
- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
|
ސުންގަޑި:
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 14 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި މަރްކަޒަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެން.
|
|
އިތުރު މަޢުލޫމާތު:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މަރްކަޒުގެ ކައުންޓަރުންނާއި، ވެބްސައިޓް www.chq.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303، 3019304 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ.
|