ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1443ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

         1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1443 (03 އޭޕްރިލް 2022) ވާ އާދީއްތަ ދުވަހުން ފެށިގެން 28 ރަމަޟާން 1443 (29 އޭޕްރީލް 2022) ވާ ހުކުރު ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 09:30 އިން މެންދުރު 12:00 އާއި ހަމައަށް މިކައުންސިލްގައި އޮންނާނެއެވެ. ރަމަޟާންމަހުގެ 28 ވަނަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި ވުމުން އެދުވަހުވެސް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. މިދުވަހު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 09:30 ން 11:00 އަށެވެ.

ފިޠުރު ޒަކާތަށް މީހަކަށް ދައްކަންޖެހޭ ޢަދަދު ތިރީގައި މިވަނީ :

  • އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 12.00ރ
  • ތައިލެންޑް ހުދު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ  77.00ރ
  • ރަތް ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ   72.00ރ
  • ބާސްމަތީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ 77.00ރ
  • ބާސްމަތީ މޮޅު ހަނޑުލުން ނަމަ މީހަކަށް ދައްކަންވާނީ  90.00ރ
  • ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަންވާނީ 132.00ރ
  • އާދައިގެ ގޮދަންފުށުން ނަމަ މީހަކަށް ދައްކަންވާނީ 12.00ރ
  • އާޓާ ފުށުންނަމަ މީހަކަ ދައްކަންވާނީ         75.00ރ

ފިޠުރު ޒަކާތް ދެއްކެވުމަށް ވަޑައިގަންނަވާއިރު އެގެއަކުން ފައިސާދައްކަންޖެހޭ

މީހުންނަށް ޢަދަދު ހަމަކޮށްގެން ފައިސާ ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

          މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

31 މާރިޗު 2022
ހޯދާ