|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމް:
|
އެސިސްޓެންޓް އޮފިސަރ
|
|
ވަޒީފާގެ ދާއިރާ:
|
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
|
|
ބޭނުންވާ ޢަދަދު:
|
01
|
|
މުސާރަ:
|
-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑިޕާޓްމަންޓްތަކުން ފޮނުވާ ރިކުއެސްޓްތަކަށް ޢިއުލާން ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން / އިންކުއަރީ ފޮނުވުން
- ޕްރީބިޑް މީޓިންގ އޮންނަގަޑި ރިކުއެސްޓްކުރި ޑިޕާޓްމަންޓަށް އަންގާ މެއިލް / މެމޯ ފޮނުވުން
- ޑޮކިއުމަންޓް ވިއްކަންޖެހޭނަމަ، ރިކުއެސްޓްކުރި ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް ލިބުމުން ވިއްކަންވީ ތާރީޚާއި ފައިސާގެ އަދަދު އެނގޭނެގޮތަށް ފައިނޭންސްއަށް ފޮނުވުން
- ޢިއުލާންގައި އޮންނަ ގަޑި ޕްރީބިޑް މީޓިންގ ބާއްވާ، ހާޟިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އަދި ބިޑު ހުޅުވަން އޮންނަ ތާރީޚުގައި ބިޑު ހުޅުވާ، ހާޟިރުވި ފަރާތްތަކުގެ ސޮއިކުރުވުން
- ކޯޓޭޝަންތަކަށް ކޮމެންޓް ޝީޓް ތައްޔާރުކުރުމަށްފަހު ރިކުއެސްޓްކުރި ޑިޕާޓްމަންޓަށް ފޮނުވުން އަދި އިވެލުއޭޝަން ޝީޓް ތައްޔާރުކުރުން
- ރިކުއެސްޓްކުރި އައިޓަމްގެ ތެރެއިން ޓެންޑަރ ކޮމިޓީ، ޓެކްނިކަލް ކޮމިޓީ އަދި ބޯޑަށް ހުށަހަޅަންޖެހޭ ތަކެތި ތައްޔާރުކޮށް ހުށެހެޅުން
- އެގްރިމެންޓް ތައްޔާރުކޮށް ސޮއިކުރުވުމަށްފަހު ޙަވާލުކުރުން އަދި ރިކުއެސްޓްކުރި ޑިޕާޓްމަންޓަށް ކޮޕީ ފޮނުވުން
- ޓެންޑަރ ކުރެވޭ ތަކެތި ސަރުކާރުގެ ޤަވާއިދާއި އެއްގޮތަށް ކުރިއަށް ދޭތޯ ޗެކްކޮށް އޯޑަރ ސްޓޭޓަސް އަޕްޑޭޓް ކުރުން
- ޓެންޑަރ ކުރެވޭ ތަކެއްޗަށް ހުށަހަޅާ ބިލްތައް ޗެކް ކުރުމަށްފަހު ފައިސާ ދިނުމަށް ލިޔުންތަކާއި އެކު ފައިނޭންސްއަށް ފޮނުވުން
|
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން
|
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 2022 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
|
28 ޝައުބާން 1443
31 މާރިޗު 2022
|