ދިވެހިރާއްޖެ
މަޤާމު: |
އެސިސްޓެންޓް ކޮލިޓީ އޮޑިޓިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
1 |
||
މުސާރަ: |
މަހަކު -/5020 ރ. |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރ. |
||
އޮފީސް: |
މިނިސްޓްރީ އޮފް ޓޫރިޒަމް |
ސެކްޝަން: |
ކޮލިޓީ އެޝުއަރަންސް އެންޑް ރެޖިސްޓްރޭޝަން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ވެލާނާގެ، 5 ވަނަ ފަންގިފިލާ |
ޔުނިޓް: |
-- |
||
ކްލެސިފިކޭޝަން |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ރޭންކް: |
ޖީ.އެސް.4 |
މަޤާމުގެ ޝަރުޠު: |
1. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލު ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
ފަތުރުވެރިންނަށް ޚިދުމަތްދޭ ރިޒޯޓު، ހޮޓެލް، ޕިކްނިކް އައިލެންޑް، ގެސްޓް ހައުސް، ޓޫރިސްޓް އުޅަނދުފަހަރު، ފީނުމާ ބެހޭ މަރުކަޒު، ޓްރެވެލް އެޖެންސީ އަދި ޔޮޓް މެރީނާ މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށް ހުއްދަ ދޫކުރުމާއި އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި އިންސްޕެކްޓްކޮށް ރިޕޯޓު ތައްޔާރު ކުރުން |
އުޖޫރައާއި އިނާޔަތްތައް: |
ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ނޮން ޕްރެކްޓިކްސް އެލަވަންސް |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
ސުންގަޑި: |
މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މި މިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހު 15:00ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ) |
އިތުރު މަޢުލޫމާތު: |
އިންޓަވިއު އަށް އަދި ޕްރެކްޓިކަލްއަށް ހޮވޭ ފަރާތްތަކަށް އެކަން ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން ވަގުތު އެންގޭނޭ ކަމުގައިވެސް މި ފުރުޞަތުގައި ދެންނެވީމެވެ. |