މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

`

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives 

    (IUL)313-PP/313/2022/32 :ނަންބަރު

                                     އިޢުލާން

 ވަޒީފާގެ ފުރުސަތު

މަޤާމް

ސުޕަވައިޒަރު (ދިވެހި)

މުސާރަ

މަހަކު -/7000 ރުފިޔާ

އިތުރު އިނާޔަތްތައް

ޙާޞިރީ އެލަވަންސް މަހަކު -/1000 ރުފިޔާ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ގަޑިއަކަށް -/20 ރުފިޔާ

ބޭނުންވާ ތަން

ކުޑަރިކިލު ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތްކުރަންޖެހޭ ވަގުތު

08 ގަޑިއިރު

ތަޢުލީމް

އަސާސީ ތަޢުލީމީ ފެންވަރު

މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތު

މައިގަނޑު މަސްޢޫލިއްޔަތު

  1. ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން  ވަކި ވަކި ގެތަކުން ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގައި ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ ސްޓާފުން ސުޕަވައިޒްކުރުން
  2. ކުނި ނެގުމަށްފަހު ކުނި ނެގުމަށް ބޭނުންކުރި ޑަސްބިންތައް ފޮޅާ ސާފްކޮށް ބެލެހެއްޓޭތޯ ބަލާ ޗެކްކޮށް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުން
  3. ދުވަހުން ދުވަހަށް ނައްތާލަންޖެހޭ ކުނި ކައުންސިލްއިން އަންގާގޮތެއްގެ މަތިން ނައްތާލުން
  4. ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ މުވައްޒަފަކް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފެއްގެ މަސްޢޫލިއްޔަތުތައް އަދާކުރުން
  5. ކުނި ނެގުމާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެ މަތިން ރިޕޯޓެއް އެކުލަވާލައި ކައުންސިލްގެ އިދާރާއަށް ހިއްސާކުރުން
  6. ވޭސްޓްމެނޭޖްމެންޓް ސެންޓަރު ކުނި ކަހާ ވިނަ ނޮޅާ ސާފްކޮށް ބެލެހެއްޓުން
  7. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ އިދާރާގެ މަސައްކަތުގެ ދާއިރާއިން ހަވާލްކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން
  8. ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ މަސައްކަތްތަކުގައި މުވައްޒަފުންނަށް އިރުޝާދު ދިނުން
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން
  10. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލްގެ އިދާރާއަށް ފުރިހަމައަށް ޖަވާބްދާރީ ވުން

ސިޓީއާއިއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ)
  2. ތަޢުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ފޯނު ނަންބަރ)
  4. ވެހިކަލް ދުއްވުމުގެ ޤާބިލްކަން ހުރުމާއިއެކު ޕިކަޕް ދުއްވުމުގެ ލައިސަންސްގެ ކޮޕީ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑީ

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤްވެރިވާ ފަރާތްތަކުން 04 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 10 އޭޕްރިލް 2022 އާއި 12 އޭޕްރިލް 2022 އާއި ދެމެދު، ކުޑަރިކިލު ކައުންސިލް އިދާރާގައެވެ. އިންޓަވިއު ބޭއްވޭ ސީދާ ތާރީޚެއް ފަހުން އެންގޭނެއެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   18 ޝަޢުބާން  1443

                   21 މާރޗް    2022

21 މާރިޗު 2022
ހޯދާ