މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ މެނޭޖަރ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މިދަންނަވާ މަޤާމުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލު އަދި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝައުޤުވެރިވާ މީހެއް ބޭނުންވެއެވެ.

މަޤާމު:

ޑެޕިއުޓީ މެނޭޖަރ

ސެކްޝަން:

ބޭންކިން ސުޕަރވިޜަން ސެކްޝަން/ ބޭންކިން ސުޕަރވިޜަން ޑިވިޜަން

ބޭނުންވާ އަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އެކައުންޓިންގ، ބޭންކިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކޮށްފައިވުން
  • ފުރަތަމަ ޑިގްރީ އަށްފަހު ފައިނޭންޝަލް ސެކްޓަރގައި މަދުވެގެން 4 އަހަރު ޚިދުމަތް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތައް ހިންގުމަށް ލައިސަންސް ދޫކުރުމާއި، ވިޔަފާރި ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން. މީގެ ތެރޭގައި އެމް.އެމް.އޭގެ ގަވާއިދުތަކާއި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބޭންކުތަކުން އަމަލުކުރޭތޯ ބެލުމާއި ބޭންކުތަކުގެ މާލީ ޙާލަތު އަދި ހަރުދަނާ ކަން ބެލުން.

ހުނަރުވެރިކަން: 

  • މަޢުލޫމާތު އެއްކޮށް ދިރާސާ ކޮށްގެން ރިޕޯޓު ލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަން ލިބިފައިވުން.
  • އަމިއްލަ އިސްނެގުމާއެކު މީހުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ހުރުން.
  • އަމިއްލައަށް ރާވައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ފައިނޭންޝަލް ސެކްޓަރ ގައި މަސައްކަތްކޮށް ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  • ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް.
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް.

ސުންގަޑި

7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާއަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަވިއު އަށް ދަޢުވަތު ދެވޭނެއެވެ.

1 ޛުލްޤަޢިދާ 1435

27 އޮގަސްޓް 2014
ހޯދާ