ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވޮޗަރެއްގެ މަޤާމަށް މުވައްޒަފަކު ހޯދުން

 

 ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓް

ކަަލައިދޫ

ދިވެހިރާއްޖެ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 ވޮޗަރު

މަޤާމުގެ ނަން :

ސަޕޯޓް ސްޓާފް (ގްރޭޑް1)

މަޤާމުގެ ކްލެސިފިކޭޝަން:

އެސް އެސް 01

މަޤާމުގެ ރޭންކް:

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

މުސާރަ:

-/1000ރ (އެންހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/620ރ (ހަސަތޭކަ ވިހި ރުފިޔާ)

ޖުޑީސަލް އެލަވަންސް:

-/2550ރ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް:

01 (އެކެއް)

ބޭނުންވާ ޢަދަދު:

ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ

ތަނާއި ޔުނިޓް:

  1. ލިޔަންކިޔަން އެގުން (ލިޔަންކިޔަންއެނގޭކަމަށް ބެލެވޭނީ ގްރޭޑް5 ނިންމާފައިވާކަމުގެ ލިއުން ނުވަތަ  ކޯޓުން ދޭޓެސްޓަކުން ފާސްވުން.)
  2. ޢުމުރުން 18އަހަރު ފުރި އަދި 55 އަހަރު ފުރިފައި ނުވުން.

ތަޢުލީމާއި ތަޖުރިބާ:

  1. ކޯޓުގެ އިމަރާތާއި، ގޯތިތެރޭ ސެކިއުރިޓީ ޑިއުޓީއުސޫލުން ބެލެހެއްޓުން
  2.  ޑިއުޓީ ކުރަން ފެށުމުގެ ކުރީގައި ކޯޓުގެ އިމާރާތުގެ ދޮރުތައް ތަޅުލެވިފައިވޭތޯ ބަލައި ޗެކުކުރުމާއި، ގޯތިތެރެއަށް އެއްވެސް ބާވަތެއެގެ ގެއްލުމެއް ލިބިފައިވޭތޯ ބަލައި ޗެކުކުރުން
  3. ހަމަޖެހިފައިވާ އުސޫލާއި ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވެއްދުމާއި، ތަކެތި ބޭރުކުރިޔަ ނުދިނުން.
  4. ކޯޓުގެ ޢީމާރާތާއި، އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ ރަށްކާތެރި ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  5. ޤަޢުމީ ދިދައާއި،ޖުޑިޝަރީ ރަމްޒު ކޮށްދޭ ދިދަ ހަމަޖެހިފައިވާ އުސޫލުން ނެގުމާއި، ދިދަ ތިރިކޮށް ދިދަތައް ރައްކާ ކުރުން.
  6. ކޯޓުގެ ސަލާމަތާއި، ރަށްކާތެރި ކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މަޢުލޫމާތު ވީ އެންމެ އަވަހަށް މެޖިސްޓްރޭޓްރޭޓާއި،ޗީފް އެޑްމިނިސްޓްރޭޓާ އަށް އެމަޢުލޫމާތު ހިއްސާކުރުން
  7. މީގެ އިތުރުންވެސް މެޖިސްޓްރޭޓާއި، ޗީފް އެޑްމިނިސްޓްރޭޓަރ ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވައިދުން ކުރުން.

ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 މާރޗް 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން

ޝަރުޢީ ދާއިރާގެ ވަޒީއަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު މިކޯޓަށް ފޯމް ހުށަހެޅުން އެދެން.

ހުށަހަޅަންޖެހޭ ގޮތާއި

ސުންގަޑި:

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލިވިންގ ސެޓްފިކެޓްގެ ކޮޕީ

ލިބިފައިވާ    ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، ކޮޕީ ހުށަހަޅާ ލިޔުންތަކުގެ އަސްލުތައް އިންޓަވިއުއަށް ދުރުވާއިރު ގެންނަންވާނެއެވެ.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިކޯޓުން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މެއިލް ކުރައްވާނީ :[email protected] އަށެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6800540
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަށް ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުން
  • އެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

 

     

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

 މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

ލިބިފައިވާ ތަޢުލީމް

            %30

މަސައްކަތު ތަޖުރިބާ

            %35

އިންޓަވިއު

            %35

 

     މި މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެންނެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެ ވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ މިކޯޓުގައެވެ. މިވަޒީފާއަށް އެދި ހުށަހަޅާފޯމް މިކޯޓުން ލިބެން ހުންނާނެއެވެ.

       މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު : 6801521 ފޯނަށް ގުޅުންވުން އީމެއިލް އެޑްރެހަކީ [email protected] އެވެ.

                              17 މާރޗް 2022

 

 

17 މާރިޗު 2022
ހޯދާ