ދިވެހިރާއްޖެ
މި އިޢުލާންވަނީ 12 އެޕްރީލް 2022 12:19 ގައި ބާތިލް ކުރެވިފައެވެ.
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ކ.މާފުށި، ދިވެހިރާއްޖެ
އިއުލާން ނަންބަރު: H12C-A/2022/2
އިޢުލާން
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިކޯޓުންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު H12C-A/2022/1 (14 މާރިޗު 2022) އިޢުލާނުގައިވާ އިދާރީ ކުށެއްގެ ސަބަބުން މި އިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 މާރިޗު 23 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިފަރާތްތަކުން، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން 2022 މާރިޗު 29 ވާ އަންގާރަ ދުވަހުގެ 12:00އަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ޝީޓް، ކުރެހުން އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ.
14 ޝައުބާން 1443
17 މާރިޗު 2022