ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

ނަންބަރު: (IUL)462/1/2022/7

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/19,000 (ނަވާރަ ހާސް) ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/10,000 (ދިހަ ހާސް) ރުފިޔާ

ފޯނު އެލަވަންސް:

މަހަކު -/1,000 (އެއްހާސް ) ރުފިޔާ

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ދައުރުގެ މުއްދަތު:

5 (ފަސް) އަހަރު

ޕްރޮބޭޝަން މުއްދަތު

3 (ތިނެއް) މަސް ދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

ފެންވަރު ނުވަތަ ޝަރުޠު:

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސަސް ދާއިރާއިން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9) އެއްގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. އަދި،
  2. ސަރުކާރުގައި ނުވަތަ ޕަބްލިކް، ޕްރައިވެޓް ،ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވުމާއެކު ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި،
  3. ދިވެހި ރައްޔިތަކުކަމުގައި ވުން އަދި،
  4. އުމުރުން 25 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން. އަދި،
  5. އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި، ޙީލަތް ހެދުމާއި، ޚިޔާނާތާއި ރިޝްވަތު ފަދަ ބޮޑު ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން. އަދި
  6. މި ކޮމިޝަނުގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް ، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަނތްބެއް ނުވަތަ ފިރިއަކު ނެތުން
  7. ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު ވާހަކަ ދައްކަން ދަންނަ މީހެއްކަމުގައިވުން
  8. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭނެ މީހަކު ކަމުގައިވުން
  9. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
  10. މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން، ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިސްނެގުމަށާއި ލީޑަރޝިޕްއަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ހާޞިލްކޮށްފައިވާ މިންވަރަށް ބެލޭނެއެވެ. މިގޮތުން ބެލޭނެ ކަންކަން ތިރީގައި އެވަނީއެވެ

11.1 ސީނިއަރ މެނޭޖްމަންޓް ފަންތީގެ ތަޖުރިބާ ލިބިފައިވުމާއެކު މިކަންކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން އަދި،

11.2 ސީނިއަރ މެނޭޖްމަންޓްގައި މަސައްކަތްކުރި ދާއިރާ ހިއްސާކުރާ ބައިވެރިންނާއެކު ނަތީޖާ ހާސިލުކުރުމަށް ކަނޑައަޅައި، ކަނޑައެޅި އަމާޒަށް ވާޞިލްވެފައިވާކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން އަދި،

11.3 ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން އަދި،

11.4 ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން އަދި،

11.5 ތަފާތު ގިންތިތަކުގެ (އިދާރީ އަދި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވުމުގެ ތަޖުރިބާ ހާސިލުކޮށްފައި އޮތުމާއެކު ދާއިރާގެ ޕްރޮފެޝަނަލް/ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ދާއިރާ ހިންގުމުގައި ލީޑަރޝިޕް ދައުރު އަދާކުރެވިދާނެ ކަމުގެ ޤާބިލުކަން ހުރިކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން އަދި،

11.6 ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ދާއިރާއާގުޅޭ މައްސަލަތަކުގައި ލަފާދިނުމުގެ ޤާބިލްކަމާއި، ޤައުމީ އަދި ބައިނަލް އަޤުވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލު ކުރުމުގެ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަންގެ ރިޔާސަތާ އެވަގުތަކު ޙަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް ކޮމިޝަންގެ އިދާރީ ހިންގުން ހިންގައި ބެލެހެއްޓުން. 
  2. ކޮމިޝަންގެ ސެކްރެޓޭރިއެޓްގެ ފަރާތުން ކޮމިޝަނަށް ޖަވާބުދާރީ ވާންޖެހޭކަންތައްތަކުގައި ޖަވާބުދާރީ ވުމާއި، ކޮމިޝަނުން އެކިއެކި ފަރާތްތަކަށް ޖަވާބުދާއިވާންޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމަށް އެހީތެރިވުން.
  3. ކޮމިޝަންގެ ބައްދަލުވުންތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި ނިންމުންތައް ތަންފީޛުކުރުން.
  4. ކޮމިޝަނުން ދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތްދޭ ފަރާތްތަކަށް ފަސޭހަ، އަވަސް އަދި ޚަރަދުކުޑަ ގޮތްތައް ހޯދައި ތަޢާރަފްކޮށް އެކަންކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރަމުން ގެންދިއުމާއެކު، އެކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ އިރުޝާދުތަކާއި އިޖުރާއަތްތަކާއި، އުޞޫލުތައް އެކުލަވާލައި، ހާމަކޮށް، ކަންހިނގާގޮތް މޮނިޓަރކޮށް، ފަސޭހައިން ކަންކަން ކުރެވޭނެ ގޮތްތައް ހޯދައި އެކަންކަން ކުރިއަރުވަމުން ގެންދިއުން.
  5. ކޮމިޝަނުގެ މެންބަރުންގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލުމާއި، ބޭނުންވާ ހިނދުގައި ކޮމިޝަނުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމާއި އަދި އެ ޕްލޭންގައި ހިމެނޭ އެކިއެކި ޙަރަކާތްތައް ހިނގާނެގޮތުގެ މަސައްކަތު ތާވަލު އެކުލަވާލައި، އެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  6. ކޮމިޝަނުން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމުތަކުގެތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ، ކޮމިޝަނުގެ އިރުޝާދުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  7. ކޮމިޝަންގެ ރިޔާސަތާ އެވަގުތަކު ޙަވާލުވެހުރި ފަރާތެއްގެ އިރުޝާދާއެކު، ކޮމިޝަނުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުން ހޯދުމާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނެހެން އެ މުވައްޒަފެއްގެ މަސައްކަތް ޙަވާލުކުރުމާއި، ކަމާބެހޭ ރެކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލް ހެދުމާއި، ކޮމިޝަނަށް އަލަށް ނަގާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ހެދެމުންދާ މިންވަރު މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ގަވާއިދުން ކޮމިޝަނަށް ހުށަހެޅުން.
  8. ކޮމިޝަނުގެ މެންބަރުންގެ މަޝްވަރާގެމަތިން ކޮމިޝަނުގެ އަހަރީ ބަޖެޓު އެކުލަވާލުމާއި، ކޮމިޝަނުގެ މެންބަރުންނަށް ހުށަހެޅުމާއި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމުގެ ކަންކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  9. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެންބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  10. ކޮމިޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިކަން ކަށަވަރުކުރުން.
  11. ކޮމިޝަނުގެ ބަޖެޓްގެ ޚަރަދުތަކާއި، ބަޖެޓްގެ ބާކީ ހިމެނޭ ރިޕޯޓެއް ކޮންމެ މަހަކު 1 (އެކެއް) ފަހަރު ތައްޔާރުކޮށް ކޮމިޝަނުގެ ބައްދަލުވުމަކަށް ހުށަހެޅުން. އަދި މި ރިޕޯޓު ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވޭކަން ކަށަވަރުކުރުން.
  12. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ހަމަޖައްސައިދެވޭކަން ކަށަވަރުކުރުން.
  13. ކޮމިޝަނުގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، އެކަން ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުން.
  14. މުވައްޒަފުން މަސައްކަތްކުރާ ގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދިނުމާއި، މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ވަޒީފާއަށް ފަރުވާ ކުޑަކުރާ އަދި ޤާނޫނުތަކާއި، ގަވާއިދުތަކާއި، ކޮމިޝަނުގައި ޢަމަލުކުރާ އުސޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ މުވައްޒަފުންނާމެދު އެކަށީގެންވާ އަވަސް މިނެއްގައި އިސްލާޙީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ހުށަހެޅުން.
  15. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ކޮމިޝަނުގެ މެންބަރުންނާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރް.އެމް.ޑީ)ގެ ލަފާގެމަތިން ރާވައި ހިންގުމާއި، މަސައްކަތުގެ އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  16. މުވައްޒަފުންގެ ތެރޭގައި ކަމަށްކަމޭހިތުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި، ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް އަދާ ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް އަށަގަންނުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން.
  17. ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި، ޤާނޫނުތަކާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު 2017 އާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ސުލޫކީ މިންގަޑާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމެއް ކޮމިޝަނުގައި ޤާއިމުކޮށް މުވައްޒަފުން ޒިންމާދާރު ކުރުވައި، އެކަންކަން ބެލެހެއްޓުން.
  18. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް، އިންސާފު ޤާއިމުކުރުން.
  19. ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު)ގެ 57 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނިމިގެންދިޔަ އަހަރު ކޮމިޝަނުން ހިންގި ހަރަކާތްތަކުގެ މައްޗަށް އެކުލަވާލެވޭ އަހަރީ ރިޕޯޓު ކޮމިޝަނުން ފާސްކުރުމުން، ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ފޮނުވައި، މި ރިޕޯޓު އާންމު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  20. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު 2017ގައި ސެކްރެޓަރީ ޖެނެރަލްއަށް ކަނޑައަޅާފައިވާ އެންމެހާ ކަންކަން ޒިންމާދާރުކަމާއެކު ބަރާބަރަށް އަދާ ކުރުން.
  21. ކޮމިޝަނުގެ ބައްދަލުވުންތަކުން ތަންފީޛުކުރުމަށް ނިންމާ އިދާރީ ނިންމުންތައް ތަންފީޛުކުރުމާއި، ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެނިންމުންތަކާ ގުޅިގެން ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  22. ކޮމިޝަނުގެ ބައްދަލުވުންތަކުން ނިންމާ އިދާރީ ނިންމުންތައް މަހުން މަހަށް ތަންފީޛުވާ މިންވަރު ބަލައި، ކޮންމެ މަހަކު 1 (އެކެއް) ފަހަރު ކޮމިޝަނަށް ހުށަހެޅުން.
  23. ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަނުގައި އެކުލަވާލެވިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، އެ ކޮމިޓީތަކުގެ މަސައްކަތް މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
  24. ކޮމިޝަން ތަމްސީލުކުރާ އެކިއެކި ޙަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

އަސާސީ ޝަރުތު ހަމަވުން (% 15)

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް (%5)

ހިންގުމުގެ ތަޖުރިބާ (%20)

ޕްރެކްޓިކަލް (%20)

ޕްރެޒެންޓޭޝަނާއި އިންޓަރވިއު (%40)

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ހިންގުމުގެ ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

ޕްރެކްޓިކަލް އަދި ޕްރެޒެންޓޭޝަންއާއި އިންޓަރވިއު އޮންނާނީ 27 މާރިޗު 2022 އާއި 7 އޭޕްރީލް 2022 އާ ދެމެދުއެވެ. ޕްރެކްޓިކަލް އަދި  ޕްރެޒެންޓޭޝަންއާއި އިންޓަރވިއު އޮންނާނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އިދާރާގައެވެ.

ވަޒީފާއަށްއެދި ހުށަހަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް)
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހަޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ.)
  5. ތައުލީމީ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ ކޮޕީ
  6. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، ރޭންކާއި، މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ.)
  7. ސިޔާސީ ޕާޓީއެއްގެ މެންބަރެއްނޫންކަން އެނގޭނެ ލިޔުން.

އެޕްލިކޭޝަންގެ ސުން ގަޑި:

24 މާރިޗު 2022 (ބުރާސްފަތި) ދުވަހުގެ 13.00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް  www.nic.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001310 ފޯނާ ގުޅުއްވުން އެދެމެވެ.

        

 

15 މާރިޗު 2022
ހޯދާ