މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭސިޓީ ކައުންސިލްގެ ޕާރކް ވޮލީބޯޅަ މުބާރާތް 2022" އާއި ގުޅޭ "

 ރަމަޟާން މަހަށް ޚާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވާ "މާލޭސިޓީ ކައުންސިލްގެ ޕާރކް ވޮލީބޯޅަ މުބާރާތް 2022" އަންހެން އަދި ފިރިހެން ޑިވިޜަން ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މި މުބާރާތު ގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީ ވެފައިވާ ކުލަބް/ޖަމިއްޔާ ތަކަށެވެ.

 މި މުބާރާތުގައި ކޮންމެ ޑިވިޜަން އަކުން 1 ވަނަ 2 ވަނަ 3 ވަނަ 4 ވަނަ އަދި 5 ވަނަ ޓީމް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ވަނަވަނައަށް އަންނަ ޓީމްތަކަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިނާމަކީ:

 ކޮންމެ ޑިވިޜަން އަކުން

  • 1 ވަނަ ޓީމް -/45000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ ޓީމް -/25000ރ އާއި ސެޓްފިކެޓް
  • 3 ވަނަ ޓީމް -/15000ރ އާއި ސެޓްފިކެޓް
  • 4 ވަނަ ޓީމް -/10000ރ އާއި ސެޓްފިކެޓް
  • 5 ވަނަ ޓީމް -/5000ރ އާއި ސެޓްފިކެޓް

  މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އާއި މުބާރަތުގެ ޤަވާއިދު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 27 މާރޗް 2022 އެވެ. މި މުބާރާތުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށެވެ.

16 މާރިޗު 2022
ހޯދާ