މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ކާށިދޫ ބަނދަރުން ފެށިގެން ރަށުގެ އުތުރު ބީޗަށް އަދި ދެކުނު ބީޗަށް ދާ މަގުގައި ފެންހޮޅިއެއް އަޅަން ބޭނުންވެއްޖެއެވެ. ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2022 އިން ފެށިގެން 18 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުއްވައި މިއިދާރާއަށް ހުށަހެޅުއްވުމަށްފަހު 22 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭނީ -/300 (ތިންސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. މި އިޢުލާނާއެކު ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު، އަންދާސީ ހިސާބު ހުށަހަޅާ ފޯމު އަދި މި މަސައްކަތާބެހޭ މަޢުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް މި ލިޔުންތައް ލިބެން ހުންނާނެއެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޝަޢުބާން 1443

15 މާރިޗު 2022
ހޯދާ