ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާ ޙާފިޘުންގެ ހުރުމާއި ކެއުން އަދި ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކައުންސިލުން 1443 ވަނަ އަހަރު ރަމަޟާންމަހު މަސްޖިދުލް އިނާރާއާއި މަސްޖިދުލް އީޘާރުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަޑައިގަންނަވާ ޙާފިޘުންގެ ހުރުމާއި، ކެއުމާއި، އަދި  ޙާފިޘުންގެ އަންނައުނު ދޮވެ އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް  ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތް ކޮށްދިނުމަށް އެދި  ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ  ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަގުހެދުމުގައި ސަމާލުކަން ދޭންވީ ކަންކަން:       

-           1 އޭސީ ކޮޓަރި (ސިންގަލް 2 އެނދު) ފާޚާނާއެކު.

-           2 ޙާފިޘުންގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދިނުން.

-          2 ޙާފިޘުންގެ 3 އިރުގެ ކެއުން (ރޯދަވީއްލުން، ރޭގަނޑު ކެއުން އަދި ހާރުކެއުން).

ނޯޓް: ކޯޓޭޝަން ތައްޔާރުކުރައްވާއިރު، ތައްޔާރުކުރައްވާނީ މަތީގައިވާ ކަންކަމަށް ރިޢާޔަތްކޮށް ދުވާލަކަށް ޖެހޭ ޢަދަދެވެ. 

              ވީމާ، މިކަމަށް އެދޭ ފަރާތްތަކުން، 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިކައުންސިލްގެ ނަމްބަރ 6800709،6800920 ފޯނަށް ގުޅުއްވުން އެދެމެވެ.

15 މާރިޗު 2022
ހޯދާ