ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ބޭނުމަށް 12 އެއާރކޮންޑިޝަން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް 12 އެއާރ ކޮންޑިޝަން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރައްވާ ބިޑްރެޖިސްޓްރޭޝަން ފީ ޖަމާކުރެއްވުމަށްފަހު، 2021 މާރޗް 17 ވަނަ ދުވަހުގެ 12:00 ގެކުރިން ކާށިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 މާރޗް 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމްގައެވެ.
ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޢުލޫމާތު ސާފުކުރުން
ނަން: ޙުސައިން ސިޔާޙް
މަޤާމް: ސ. ކައުންސިލް އޮފިސަރ
ގުޅޭނެ ނަމްބަރު: 6641012، 7798119
އީމެއިލް އެޑްރެސް: [email protected]
04 ނޮވެމްބަރ 2021