ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ.ފީވަށް އައު އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2022/181

އިސްލާޙު - 1

އިޢުލާން

ށ.ފީވަށް އައު އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.ފީވަށް އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

15 މާރިޗް  އިން 03 އޭޕްރީލް 2022

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

31 މާރިޗް 2022

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

04  އޭޕްރީލް 2022

 09:30 ހެނދުނު     

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

- އިޢުލާން ނަންބަރ

- ކުންފުނީގެ ނަން

- ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބު މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

14 މާރިޗު 2022
ހޯދާ