ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

 01 އޭޕްރިލް 2022 ން 06 މާރިޗް 2023އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 މަގާމް:

 

އިޖްތިމާޢީ ކޮމިޓީގެ މަސައްކަތު

ބޭނުންވާ އަދަދު:

03

އުޖޫރަ:

މަސައްކަތްކުރާ ގަޑިއިރަކަށް 33.65 ރ

މަގާމުގެ މަސްއޫލިއްޔަތު:

  • ·       ކައުންސިލުން ކަނޑައަޅާފައިވާ މަޑަވެލި އިޖްތިމާޢީ ސަރަޙައްދުތަކާއި،ރަށުގެ ބޮޑު ދެމަގުގެ ކޮޅު، މަޑަވެލި ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު އަދި ކައުންސިލުން ސާފުކުރުމަށް ދައްކާ ތަންތަން ސާފުކުރުން.
  • ·       އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ ޢަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ·       ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

        ވީމާ،މަޤާމްތަކަށް ޝައުޤުވެރިވެލައްވާ ޢުމުރުން 18 އަހަރުންމަތީގެ އަދި 64 އަހަރުން ދަށުގެ ބޭފުޅުން ސިޓީ، އައިޑީކާޑް ކޮޕީ އަދި ތަޖްރިބާގެ ލިޔުންތައް 21 މާރިޗް 2022 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 މާރިޗު 2022
ހޯދާ