މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސެކްރެޓަރީ ޖެނެރަލް)

ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 


ސެކްރެޓަރީ ޖެނެރަލް

މަޤާމް

1

އަދަދު

-/20,50

މުސާރަ

-/15,000ރ

ލިވިންގް އެލަވަންސް

-/700ރ

ފޯނު އެލަވަންސް

މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

  • މާސްޓަރސް ޑިގްރީ ޙާޞިލް ކޮށްފައި ވުން. (މީޑިޔާ/ބްރޯޑްކާސްޓް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހިންގުމުގެ ދާއިރާގައި  މަދުވެގެން 05 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
  • ހިންގުމުގެ ދާއިރާގައި ސީނިއަރ މެނެޖްމެންޓް އާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހެއްކަމުގައި ވުން.
  • ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމުގައިވުން.
  • މަޤާމަށް ޤާބިލް މީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

މަޤާމުގެ ޝަރުތު:

  • ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި ކޮމިޝަނުން ހަދާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންގެ އިދާރާ ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނަށް އެކަށައެޅިފައިވާ ބަޖެޓާއި އެއްގޮތްވާ ގޮތުގެ މަތިން، ކޮމިޝަނުގެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ޤާއިމު ކުރުމުގައި ކޮމިޝަނަށް އެހީތެރިވުން.
  • ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައި، އެކަށައަޅައި ހިންގުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން.
  • އިސްނެގުމާއި، އާ ގޮތްތަކާއި، އާ ޓެކްނޯލޮޖީއާއި ހުނަރަށް އިސްކަން ދީގެން މުވައްޒަފުންނަށް އެރޮނގުތަކުން ކުރިއެރުން ގެނެސް މަސައްކަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
  • ކޮމިޝަންގެ އިދާރީ ހިންގުމަށް ބޭނުންވާނެ ޤަވާޢިދުތައް ހެދުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެމަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުން ކުރިން ވަޒީފާ އަދާކުރި ދާއިރާގެ އިސް މުވައްޒަފަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. (ރިކޮމެންޑޭޝަން ލެޓަރ)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ހުށަހަޅަންޖެހޭ ތަކެތި:

 

2022 މާރިޗް 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

  • ތަޢުލީމާއި ތަމްރީނު  %35
  • މަސައްކަތުގެ ތަޖުރިބާ %20
  • މަސައްކަތުގެ ހުނަރާއި ފެންވަރު ސާބިތުކޮށްދިނުމަށް ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަމަކާ ގުޅޭ ގޮތުން ޕަވަރ ޕޮއިންޓް ޕްރެސެންޓޭޝަނެއް  ހުށަހަޅައި ދިނުން، %45

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333/ 3334317 ނަންބަރު ފޯނާއެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

އިންޓަވިއު ކުރުން:

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

13 މާރިޗު 2022
ހޯދާ