މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ 1443 ވަނަ އަހަރުގެ ރަމަޟާން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތެއް، ތިރީގައި މި ދަންނަވާ މަޤާމަށް ބޭނުންވެއެވެ.

 (IUL)MHCL-HRM/1/2022/3 :ނަންބަރު

އިޢުލާނު

 

މިކުންފުނީގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ 1443 ވަނަ އަހަރުގެ ރަމަޟާން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދެއްވާނެ ފަރާތެއް، ތިރީގައި މި ދަންނަވާ މަޤާމަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެހީތެރިން (ފިރިހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

 • އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފާރާތެއްކަމުގައި ވުން.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

 • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
 • މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން.
 • ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން.
 • ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން.
 • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކުންފުނީގެ ވެބްސައިޓް www.mhcl.mv އަދި ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)
 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުން ގަޑި:

 • 17 މާރިޗުވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 • މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.
  އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކުންފުނީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

10 މާރިޗު 2022
ހޯދާ