ދިވެހިރާއްޖެ
އިޢުލާނު
އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ 03 ކޯހެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ 03 ކޯހެއް ފަރުމާކޮށްދޭނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 ފެބްރުއަރީ 21 ވީ ހޯމަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/24 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗް 16 ވާ ބުދަ ދުވަހުގެ 13:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2022 މާރިޗް 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
