ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޤުރްއާން ކުލާހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
                                ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލުފުށީ ގޮފީގެ ފަރާތުން ހިންގާ، ބަލައިގެން ޤުރުއާން ކިޔުމުގެ ކުލާހުގައި ބައިވެރިވުމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި އާންމުކުރި އިޢުލާނުގެ މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
- ޢުމުރުފުރާ: 8 އަހަރާ 12 އަހަރާ ދެމެދުގެ ކުދިން
- ފޯމް ހުށަހެޅުމުގެ ސުންގަޑި: 2022 މާރިޗު 14 / 13:30 ގެކުރިން
- ޖާގަ: 30 ކުދިން
ކުލާހަށް ދަރިވަރުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން %75 އިންސައްތަ ޙާޞިލްވާނަމައެވެ.
ވީމާ، ޤުރުއާން ކުލާހުގައި ބައިވެމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު މަތީގައިވާ ސުންގަޑީގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ޤުރުއާންކުލާހުގައި ބައިވެރިވުމަށްއެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
             07 މާރިޗު 2022
            
        
                    ހޯދާ  
                
                 
                    