ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ ބިޒްނަސް ކްލާސް ލެޕްޓޮޕް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

                                              ނަންބަރު: H/IUL/2022/33

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ތިރީގައި ދެންނެވިފައިވާ އައިޓަމްތައް މި ކުންފުންޏަށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

Item

Description

Qty

1

Business-Class High Performance Laptop

36

2

Windows 10 Pro License

36

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފައްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2022 މާރިޗު 07 އިން 2022 މާރިޗު 20 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2022 މާރިޗު 07 އިން 2022 މާރިޗު 20 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2022 މާރިޗު 21 (ހޯމަ)

13:30 ގައި

އަގު ހުށަހެޅުން

2022 މާރިޗު 28 (ހޯމަ)

11:00 ގައި

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބުކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

03 ޝަޢުބާން 1443

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338124 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
06 މާރިޗު 2022
ހޯދާ