ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ހެޑްއޮފީސް ބިލްޑިންގގެ 7 ވަނަ ފަންގިފިލާ އިންޓީރިއަރއަށް ބަދަލުގެނައުމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ ތިރީގައި މިދަންނަވާ ދުވަސްތަކުގައި ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚު  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 01 ސެޕްޓެންބަރު 2014  | 
 ހޯމަ  | 
 ހެނދުނު 10:30  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 04 ސެޕްޓެންބަރު 2014  | 
 ބުރާސްފަތި  | 
 ހެނދުނު 10:30  | 
މިމަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
29 ޝައްވާލު 1435
