ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2022/64 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-23-22) GSRF-PSM HR/2022/3 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިން ޑްރާފްޓްކޮށް ނިންމާފައިވާ ހިރާސްއާބެހޭ ސިޔާސަތު (ރިސްކް މެނޭޖްމަންޓް ޕޮލިސީ) އަށް އެކްސްޕާރޓް އޮޕީނިއަން ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL) PSM-FP/ PSM/2021/251 އިޢުލާންއާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްވާތީ އެއީޢުލާން ބާތިލްކޮށް ފިކްސްޑް ބަޖެޓް ސެލެކްޝަން (އެފް.ބީ.އެސް) ގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
30 ރަޖަބު 1443
03 މާރިޗު 2022