މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވާއިޡް މަޤާމަށް މީހުން ހޯދުމަށް

މި އިޢުލާންވަނީ 09 މާރިޗު 2022 13:08 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

މަގާމް

ވާޢިޡު

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މުއްދަތު: 1 އަހަރު

ބޭނުންވާ އަދަދު

02 (ދެއެއް)

މަޤާމުގެ ލެވެލް

ސީ އެސް 14

މުސާރަ: (މަހަކު)

-/13000ރ (ތޭރަހާސް ރުފިޔާ)

އެހެނިހެން އެލަވަންސް އަދި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: -/2500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް) އިންސައްތަ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (ތިރީސް ފަސް) އިންސައްތަ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތީން ޕެންޝަން ފައިސާ.
  • ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ
  • މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި ބަންދު ދުވަހުގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މި މިނިސްޓްރީން ދޫކުރާ ދީނީ ނަޞޭހަތްދިނުމުގެ ހުއްދައޮތުމާއެކު ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމާއި، ވައުޘު ވިދާޅުވުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ފިޤުހު / އުސޫލުލް ފިޤުހު
  2. ހަދީޡް / ތަފްސީރު
  3. އިސްލާމިކް ދަޢުވާ
  4. އިސްލާމިކް ހިސްޓްރީ
  5. އިސްލާމިކް ޕްރެކްޓިސަސް
  6. އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް
  7. އިސްލާމިކް ޝަރީޢާ
  8. އިސްލާމިކް ސްޓަޑީޒް
  9. ޤުރުއާން
  10. ޢުލޫމުލް ޤުރުއާން

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ރިލިޖަސް ސަރވިސަސް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ސެކްޝަނުން ރާވާ ތާވަލް އާއި އެއްގޮތަށް މާލޭއާއި އަތޮޅު ތެރޭގައި ދިނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރުމާއި މާލޭއާއި އަތޮޅު ތެރޭގައި ދިނީ ވޯރކްޝޮޕްތަކާއި، ސެމިނާތަކާއި މަހާސިންތާތައް ހިންގުމާއި ސްކޫލް ކުދިންނަށް ދިނީ ނަސޭހަތް ދިނުމުގެ މަސައްކަތް ކުރުން.
  2. ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތު ހިފެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މީޑިޔާ ބޭނުންކޮށްގެން ހިންގޭ ޕްރޮގްރާމްތައް، މިގޮތުން އިސްލާމިކް ސްޓޫޑިއޯ އާއި ޓީވީ ތަކާއި ރޭޑިއޯ ތަކުން ރާވާ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ނަޞޭޙަތް ދިނުމުގެ މަސައްކަތް ކުރުން. 
  3. ކޮންމެ ވާޢިޡަކު މަހަކު މަދުވެގެން 1 ޚުޠުބާ ލިއެ ދިނުމާއި މިނިސްޓްރީއަށް ބޭނުންވާ ފަންނީ ދިރާސާ ފަދަ ލިޔުންތައް ލިޔެދިނުމާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާއި ގުޅިގެން ކުރެވޭ ސުވާލުތަކުގެ ޖަވާބު އާއްމު ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުން. 
  4. މިނިސްޓްރީ ކަނޑައަޅާ ދީނީ ޢިލްމުގެ ފޮތެއް ކޮންމެ ވާޢިޡަކު މިނިސްޓްރީއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭ ތަރުޖަމާކޮށް ދިނުމާއި އެކިއެކި ފަރާތްތަކުން ފޮތް ފާސްކުރުމަށް މިނިސްޓްރީއަށް ހުށައަޅާ ފޮތްތައް ފާސްކުރުމަށްޓަކައި ޙަވާލު ކޮށްފިނަމަ މިނިސްޓްރީން ކަނޑައަޅާ މުއްދަތެއްގައި އެކަން ކޮށްދިނުން. 
  5. މީޑިޔާގެ ތަފާތު ވަސީލަތްތަކުން އިސްލާމްދީނާ ބެހޭ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތައް ދެނެގަނެ އެކަންކަމަށް ޖަވާބުދާރީވުމަށް ބޭނުންވާ ޢިލްމީ ދިރާސާ ކުރުމާއި، ޓެރަރިޒަމް އާއި ދީނާ ދުރަށް ދިއުމުގެ ފިކުރުތަކުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ދިރާސާކޮށް ރާއްޖޭގައި މިފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރުން. 
  6. ފިޤްޙް އެކަޑަމީން ބޭނުންވާ ޢިލްމީ އަދި ފަންނީ ދިރާސާ ކުރުމަށް އެދިއްޖެ ހާލަތެއްގައި ފިޤްޙް އެކަޑަމީން ބޭނުންވާ ދިރާސާކޮށް ދިނުމުގެ މަސައްކަތް ކުރުން. 
  7. ދިވެހިރާއްޖޭގެ މުޖްތަމަޢުގައި ދީނީގޮތުން ޚިޔާލު ތަފާތުވާ ކަންތައްތަކާއި ގުޅޭ ގޮތުން އަހަރަކު އެއްފަހަރު ޢިލްމީ ދިރާސާއެއް ކުރުން. 
  8. މިމިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯ އިން ރާވާ ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުމާއި އަދި ޕްރޮގްރާމްތަކުގައި ދީނީ ނަސޭޙަތްދިނުމާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުން. 
  9. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން. 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ލިބިފައިވާ ތަޢުލީމު
  2. މަސައްކަތު ތަޖުރިބާ،
  3. ލިބިފައިވާ ހުނަރު (އިންޓަވިއު)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅާނީ 2022 މާރިޗް 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ އިތުރުވާނަމަ ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ  10 ފަރާތެކެވެ.  

އިންޓަރވިއުއާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ،2022 މާރިޗް 20 އާ އޭޕްރީލް 7 އާ ދެމެދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު، ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 ނަންބަރު ފޯނާއެވެ.

03 މާރިޗު 2022
ހޯދާ