ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލްގެ ގެސްޓްހައުސް (އަތޮޅުވެހި 1) ގެ އިމާރާތާއި ރެސްޓޯރަންޓާއި ދެމެދު އޮންނަ 6844.75 އަކަފޫޓްގެ ބިން 25 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް އާއި ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.
| 
 ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން  | 
 03 މާރިޗް 2022 އިން 13 މާރިޗް 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.  | 
| 
 ބީލަން ހުށަހެޅުން 
  | 
 24 މާރިޗް 2022 ވަނަ ދުވަހުގެ 11:00 ގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މަލަމުގައި 
  | 
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
