ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2022/63 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-022-22) PSM-BT/2022/13 |
އިޢުލާން
- · ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ފަޔަރވޯލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 12:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕީ އެސް އެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
29 ރަޖަބު 1443
02 މާރިޗު 2022
