ޑިޕާޓްމަންޓުގެ ސްޓްރެޓެޖިކް ޕްލޭން އާއި އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން.
ރިސްކް ބޭސްޑް އެނުއަލް އޮޑިޓް ޕްލޭން އެއް އެކުލަވާލުން.
އޮޑިޓްގެ ޢަމަލީ މަސައްކަތް (ފީލްޑް ވަރކް) ކޮށްފައިވަނީ އޮޑިޓް ޕްލޭނާއި އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.
އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން.
އޮޑިޓް ރިޕޯޓް ތައްޔާރުކުރުމާއި އޮޑިޓް ރިޕޯޓްތައް ތައްޔާރުކުުމަށް އެހީތެރިވެދިނުމާއި އޮޑިޓް ޓީމް މެމްބަރުންނަށް އޮޑިޓް ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް އިރުޝާދުދީ ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުން.
މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތަކުގެ ތެރެއިން ވަގުތުން ވަގުތަށް އޮޑިޓް ކުރެވޭ ޑިޕާޓްމަންޓާއި މަޝްވަރާކުރަންޖެހޭ މައްސަލަތަކުގައި މަޝްވަރާކުރުން.
އޮޑިޓް ކޮމިޓީއަށް އޮޑިޓް ރިޕޯޓެއް ނުވަތަ އެހެންވެސް މަޢުލޫމާތެއް ހުށަހަޅަން ޖެހިއްޖެހިނދެއްގައި އެ ކޮމިޓީއަށް މަޢުލޫމާތު ދިނުމަށް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން. އަދި ކޮމިޓީއާއި ހިއްސާކުރަންބޭނުންވާ ކަންތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން.
ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއިން ކަނޑައަޅާ ޙާއްސަ އޮޑިޓްތައްކޮށް އެ އޮޑިޓްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ފައިނަލްކުރުން.
|