ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ޤަޟާއީ އަހަރު 2022 އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ ރަސްމިއްޔާތުގެ ރިފްރެޝްމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 08 މާރޗް 2022 ވަނަދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރޗް 10 ވަނަ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27  ރަޖަބު  1443

28 ފެބުރުވަރީ 2022
ހޯދާ