ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޑިއުސަރ-ސްޕޯރޓްސ (ވަގުތީ)

މަޤާމް :ޕްރޮޑިއުސަރ - ސްޕޯރޓްސް (ވަގުތީ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                     

 

މަޤާމް:

ޕްރޮޑިއުސަރ – ސްޕޯޓްސް

އަސާސީ މުސާރަ

-/6,950ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 5

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ކޮންޓެންޓް ޝެޑިއުލިންގ އެންޑް ކޮލިޓީ އެޝުއަރެންސް

މަޤާމުގެ ބާވަތް:

ވަގުތީ ( 06 މަސްދުވަސް)

މަޤާމުގެ ޝަރުތު:

  • މަޤާމާއި ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދިވެހި ރައްޔިތުންނަށް ދުވަހުން ދުވަހަށް ފޯރުވައިދޭ ޚަބަރާއި މައުލޫމާތު އެންމެ ހަލުވިކޮށް އެންމެ އަވަސްމިނުގައި ގެނެސްދިނުމާއި އެގެނެސްދޭ ކޮންޓެންޓަކީ (ވީޑިއޯ/އޯޑިއޯ/ޓެކްސްޓް އަދި އެހެނިހެންވަސީލަތްތައް) ކުންފުނިން ކަނޑައަޅާފައިވާ ބްރޮޑްކާސްޓް ކޮލިޓީއަށް ފެތޭ އަދި އޯޑިއަންސް ހިތްހަމަޖެހޭފަދަ ފެންވަރެއް ހުރި އެއްޗެއްސަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުން.
  • ޕީއެސްއެމް ގެ ޗެނެލް ތަކަށް ބޭނުންވާ ސްޕޯޓްސް ނިއުސް ބްލެޓިން ކަނޑައެޅިފައިވާ ގަޑިތަކަށް ތައްޔާރުކޮށްދިނުމާއި ޕީއެސްއެމް ގެ ޗެނެލް ތަކުން އުފައްދާ ޕްރޮގްރާމް ތައް އުފެއްދުމުގެ މަސައްކަތުގައި (ބައެއް ޕްރޮގްރާމް ތަކުގައި މަޢުލޫމާތު ދިނުމުގައި) ބައިވެރިވުން.
  • ޕީއެސްއެމްގެ (ރޭޑިއޯ ޓީވީ ޗެނެލް ތަކުން) އުފައްދާ ކުޅިވަރާ ގުޅުންހުރި ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން.
  • ޕީއެސްއެމް ގެ ޗެނެލް ތަކުގެ ތެރެއިން ޔެސް ޓީވީ އަކީ ކުޅިވަރަށް ޚާއްޞަ ކުރެވިފައިވާ ޓީވީ ޗެނެލް ކަމަށް ވުމާއި އެކު ޔެސް ޓީވީ ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުން.
  • ސޯޝަލް މީޑިއާގައި ކުޅިވަރާއި ގުޅުންހުރި ޚަބަރާއި ސްޕޯޓްސް ޔުނިޓުން އުފައްދާ ޕްރޮގްރާމްތައް (ޕީއެސްއެމް އިން އެކަމަށް ކަނޑައަޅާ އުޞޫލުގެ ތެރެއިން) ޕްރޮމޯޓްކުރުމާއެކު އަޕްޑޭޓްކުރުން.
  • ރާއްޖެއާއި ބޭރުގެ ކުޅިވަރު ޚަބަރު ތަކާ ގުޅިގެން ލިބޭ މަޢުލޫމާތު (ރާއްޖޭން ބޭރުން ލިބޭ ޓެކްސްޓް ފީޑް ފަދަ) ޚަބަރާއި ޕްރޮގްރާމް ތަކުގެ ބޭނުމަށް ޓްރާންސްލޭޓްކުރުމާއި އެކު، ޚަބަރާއި ޕްރޮގްރާމް ތަކަށް ބޭނުންހިފޭ ގޮތަށް ސްކްރިޕްޓް އަކަށް ބަދަލު ކުރުން، (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް).
  • ކުޅިވަރާއި ގުޅުން ހުރި އިވެންޓް ތައް ކަވަރ ކުރުމަށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރު ތަކުގައި ބައިވެރިވެ މަސައްކަތްކުރުން
  • ރޭޑިއޯ / ޓީވީ / އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ވީޑިއޯ/ އޯޑިއޯ / ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްތަކުގައި ބައިވެރިވުމާއި އަދި އެމަސައްކަތުގައި ސްޕޯޓްސް ޔުނިޓްގެ އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

 

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 03 މާރޗް 2022 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                            27 ރަޖަބް 1443

                    

28 ފެބުރުވަރީ 2022
ހޯދާ