މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިމްޕްލިމެންޓޭޝަން ސްޕެޝަލިސްޓް

`

މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް (LAMP: P172631)

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

      ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)22-E/22/2022/75                     ތާރީޚް: 28 ފެބުރުވަރީ 2022

ވަޒީފާގެ ފުރުޞަތު

އިމްޕްލިމެންޓޭޝަން ސްޕެޝަލިސްޓް

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަރމަންޓް ޕްރޮޖެކްޓް" އަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. މި ޕްރޮޖެކްޓުގެ މަޤްޞަދަކީ އުނގެނުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަރިކިއުލަމް ތަންފީޒުކޮށް، ކިޔެވުމުގެ ކަންކަމުގެ ފެންވަރު ބެލުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މި ޕްރޮޖެކްޓް ހިންގަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން (އެމް.އޯ.އީ) ނެވެ. އަދި ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ ކޯ-ޗެއަރ ކުރައްވަނީ އެމް.އޯ.އީ އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން (އެމް.އޯ.އެޗް.އީ) ނެވެ.

 

މަޤާމް: އިމްޕްލިމެންޓޭޝަން ސްޕެޝަލިސްޓް

ބޭނުންވާ އަދަދު: 1 (އެކެއް)

 

އެޕްލިކޭޝަން ހުށައެޅުން:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 6 މާރިޗު 2021 ގެ މެންދުރު 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ ހުށަހަޅަންވާނީ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ)
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ޓަރމްސް އޮފް ރެފަރަންސް:

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

މަޤާމަށް ހޮވުން:  މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ މުވައްޒަފުން ހޮވުމުގައި ދައުލަތުގެ އިދާރާތަކުން އަމަލުކުރާ އުޞޫލުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ފަރާތަށް ލިޔުމުން ހުށަހެޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

ޢާއިޝަތު ނީނާ

ޕްރޮޖެކްޓް ކޯޑިނޭޓަރ

ލޭމްޕް ޕީ.އެމް.ޓީ

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                                        

އީ-މެއިލް: [email protected]

28 ފެބުރުވަރީ 2022
ހޯދާ