މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމް 2022

 

ޕްރޮގްރާމްގެ ނަން  

ޑޭޓާ ސައިންސް ޕްރޮފެޝަނަލްސް ޕްރޮގްރާމް

މުއްދަތު

 މޭ 2022 – ޑިސެމްބަރ 2022

ފުރުސަތުގެ އަދަދު

5   

ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތު

  • ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް އެއް ދާއިރާއަކުން ބެޗެލާރސް ޑިގްރީ ޙާޞިލްކޮށްފައިވުން

-          ކޮމްޕިއުޓަރ ސައިންސް

-          މެތަމެޓިކްސް

-          ސްޓެޓިސްޓިކްސް

-          އިކޮނޮމިކްސް

-          ބޭންކިންގ

-          އެކައުންޓިންގ

  • މާސްޓާރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ޙާޞިލްކޮށްފައިވާ ފަރާތެއްކަމުގައި ނުވުން

(މި ޕްރޮގްރާމްއަށް ބައިވެރިން ހޮވުމުގައި ކޮމްޕިއުޓަރ ސައިންސް، މެތަމެޓިކްސް، ނުވަތަ ސްޓެޓިސްޓިކްސް އިން ޑިގްރީ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ތަކެތި

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޕްރޮގްރާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޕްރޮގްރާމްއާ ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކުރާނަމަ ނުވަތަ އަދާކޮށްފައިވާނަމަ އަދާކުރާ ނުވަތަ އަދާ ކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގޭނެފަދަ ލިޔުމެއް.

އިތުރު މަޢުލޫމާތު

  • މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުލް-ޓައިމްކޮށް 8 މޭ 2022 ން ފެށިގެން އޮތޯރިޓީއަަށް ހާޟިރުވެގެންނެވެ.
  • ކޯސް ފުރިހަމަކުރުމަށްފަހު، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
  • މި ޕްރޮގްރާމްއަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކުރާ މުއްދަތުގައި މަހަކު -/20,800 ގެ އެލަވަންސްއެއް ދެވޭނެއެވެ.

ޕްރޮގްރާމްއަށް ހޮވޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނެ ކަންކަމާއި ޕޮއިންޓް ދޭނެ ގޮތް

 

ކްރައިޓީރިއާ

%

1

އެކަޑެމިކް ސްކޯރ

45

2

އިންޓަވިއު އެސެސްމަންޓް

35

3

މަސައްކަތުގެ ތަޖްރިބާ (ޕްރޮގްރާމްއާ ގުޅޭ ދާއިރާ އިން)

20

ޖުމްލަ

100

 

 

  • އެކެޑެމިކް ސްކޯރގެ ދަށުން ސީޖީޕީއޭ ހިސާބުކުރުމުގައި ޕޮއިންޓް ދެވޭނީ ވަކި މޮޑިއުލްތަކަށް ލިބިފައިވާ ނަތީޖާއަށް ބަލާ ތިރީގައިވާ މިންގަނޑުން ޕޮއިންޓްދީގެންނެވެ.
Points

Grade / Marks
4 75-100 HD -A/A/A+
3 60-74 D -B/B/B+
2 50-59 CR -C/C/C+
1 40-49 P/PS -D/D/D+
  • އެކަޑެމިކް ސްކޯރ ހިސާބުކުރަންް ޕޮއިންޓްދިނުމުގައި އެގްޒެމްޕްޝަން/ ކްރެޑިޓް ޓްރާންސްފާރ ލިބިފައިނުވާ ހުރިހާ މޮޑިއުލްއެއްގެ މާރކްސްއަށް ބެލެވޭނެއެވެ.

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 15 މާރިޗު 2022 ވާ އަންގާރަ ދުވަހުގެ 13:00

އެޕްލިކޭޝަން ހުށަހެޅުއްވުމަށް [email protected] އަށް އީމެއިލްކުރެއްވުމަށް އެދެމެވެ.

ޕްރޮގްރާމްގެ އިތުރު ތަފްޞީލް ހޯއްދެވުމަށް: https://acrobat.adobe.com/link/review?uri=urn:aaid:scds:US:4154f8d7-1fcf-4064-8a96-2e0d6b1e4d49

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފޯނު ނަންބަރު 3012131 އަށް ގުޅުއްވުން އެދެމެވެ.

 
24 ފެބުރުވަރީ 2022
ހޯދާ