ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އޮތޯރިޓީގެ 2 އަދި 4 ވަނަ ފަންގިފިލާގައި ހަރުކޮށްފައިވާ އެއަރކޮން އައުޓްޑޯ ޔުނިޓްތައް ނައްޓައި އައު ޔުނިޓްތައް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IL-PRC/2022/07 އިޢުލާނަށް، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓަރ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި  | 
 03 މާރިޗު 2022  | 
 ބުރާސްފަތި  | 
 11:00  | 
| 
 ބީލަމުގައި ރަޖިސްޓަރ ވާފަރާތްތަކަށް ބާއްވާ ސައިޓް އިންސްޕެކްޝަން ބައްދަލްވުން  | 
 06 މާރިޗު 2022  | 
 އާދީއްތަ  | 
 11:00  | 
| 
 އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި  | 
 08 މާރިޗު 2022  | 
 އަންގާރަ  | 
 11:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 10 މާރިޗު 2022  | 
 ބުރާސްފަތި  | 
 11:00  | 
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރވެ ސައިޓް އިންސްޕެކްޝަނަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 ގައި މި ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓަރވުމުގެ ސުންގަޑި ހަމަވުމުން މި ބީލަމުގެ އާރްއެފްޕީ ރަޖިސްޓަރވި ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ.
