ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަގާމު: |
ކެމިކަލްސް މެނޭޖްމަންޓް އޮފިސަރ |
މަގާމު ނަންބަރު: |
J-350200 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަގާމުގެ ގިންތި: |
ދާއިމީ |
މަގާމުގެ ރޭންކް: |
އެމް.އެސް. 2 |
މަގާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަންޖެހޭތަން: |
މިނިސްޓްރީ އޮފް ޑިފެންސް، މާލެ |
މުސާރަ: |
މަހަކު 6,295.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1- ޓެކްނިކަލް ކޯ އެލަވަންސް: މި މަގާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ އެގްރިކަލްޗަރ ކެމިސްޓްރީ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، ބަޔޯ ކެމިސްޓްރީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، އެންވަޔަރަންމެންޓަލް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ޓޮކްސިކޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ހަތެއް) ނުވަތަ 8 (އަށެއް) އިން ފެށިގެން މަތީ ސަނަދެއް ހުށަހަޅާފައިވާނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)، 2- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 3- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 4- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޤާނޫނު ނަންބަރު 75/4 ގެ ދަށުން ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމަށް އެދޭ ފަރާތްތަކަށް ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުމާގުޅޭ އެންމެހާ ކަންތައްތައް ކުރުން. 2- ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރާ ފަރާތްތަކުން ކެމިކަލް ރައްކާކުރަން ހަމަޖައްސާ ގުދަންތައް ޗެކްކުރުމުގެ އިންތިޒާމު އެމް.އެން.ޑީ.އެފް އާއި ގުޅިގެން ހަމަޖެއްސުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރުން. 3- ކެމިކަލް ވެޕަންސް ކޮންވެންޝަނާއި ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނާއި ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް އެތެރެކުރެވޭ ކެމިކަލްތަކާބެހޭގޮތުން ބަލަހައްޓަންޖެހޭ ހުއްދަ ނަގަންޖެހޭ ކެމިކަލް ތަކާއި، ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތަކާއި، މަނާކުރެވިފައިވާ ކެމިކަލްތަކާއި ކެމިކަލް ވިއްކާ ފަރާތްތަކުގެ ދަފްތަރުފަދަ ދަފްތަރުތައް ހަދާ ބެލެހެއްޓުން.
4- ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ ތެރެއިން ގާނޫނު ނަންބަރު 75/4 ގެ ދަށުން ނައްތާލަންޖެހޭ ކެމިކަލްތައް ނައްތާލުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި، ނައްތާލެވޭ ކެމިކަލްތަކުގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.
5- ހުއްދަދެވޭ ކެމިކަލްތަކާއި، ކެމިކަލް ރައްކާކުރާ ގުދަން އަދި ކެމިކަލް އެތެރެކުރާ ފަރާތްތަކުގެ މަޢުލޫމާތު މަކުޑި ސިސްޓަމްގައި ބެލެހެއްޓުން.
6- ރާއްޖޭގެފަރާތުން ސޮއިކޮށް ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާ (ކެމިކަލް ވެޕަން ކޮންވެންޝަން)ގެ ދަށުން އަދި ގަނޫނު ނަންބަރު 75/4 (ދިވެހިރާއްޖެ ގެނައުން މަނާތަކެތީގެ ގާނޫނު)ގެ ދަށުން މިނިސްޓްރީގެ ދާއިރާއިން ހަދަންޖެހޭ ބިލްތަކާއި ގަވާއިދުތައް ޑްރާފްޓްކުރާ ފަރާތްތަކަށް ފަންނީ ލަފާ ދިނުން. 7- ގާނޫނު ނަންބަރު 75/4 ގެ ދަށުން ހަދާފައިވާ ނުރައްކާތެރި ކެމިކަލްއާބެހޭ ގަވާއިދުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 8- ރާއްޖެ އެތެރެކުރެވޭ ކެމިކަލްތަކަށް ހުއްދަ ދިނުމާއިގުޅޭގޮތުން ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
މަގާމުގެ ޝަރުތުތައް: |
1- އެގްރިކަލްޗަރ ކެމިސްޓްރީ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، ބަޔޯ ކެމިސްޓްރީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، އެންވަޔަރަންމެންޓަލް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ޓޮކްސިކޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ޕްރިފަރޑް ޑިސިޕްލިން: ނެތް މަގާމުގެ ކޯ ޑިސިޕްލިން: އެގްރިކަލްޗަރ ކެމިސްޓްރީ، އެނަލިޓިކަލް ކެމިސްޓްރީ، އެޕްލައިޑް ކެމިސްޓްރީ، ބަޔޯ ކެމިސްޓްރީ، ކެމިކަލް އިންޖިނިއަރިންގ، ކެމިސްޓްރީ، އެންވަޔަރަންމެންޓަލް ކެމިސްޓްރީ، އިންޑަސްޓްރިއަލް ކެމިސްޓްރީ، އިންއޯގަނިކް ކެމިސްޓްރީ، އޯގަނިކް ކެމިސްޓްރީ، ޓޮކްސިކޮލޮޖީ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިން ސެޓްފިކެޓަށް ދިނުމަށް ކަނޑައަޅާފައިވާ 5 ޕޮއިންޓް ދެވޭނެއެވެ. މަސައްކަތުގެ ދާއިރާ: ކެމިސްޓްރީ |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، (ރ) ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަ ދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކްރޫޓްމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1- އަސާސީ ޝަރުތު ހަމަވުން %30 2- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5 3- ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށްދެވޭ ޕޮއިންޓް %5 4- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5 5- އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) %20 6- އިންޓަރވިއު %35 ނޯޓް: މަގާމަށް ޢައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އިން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ. |
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި (ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް) ހުށަހަޅާނީ 2022 މާރިޗު 6 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން މި މިނިސްޓްރީއަށެވެ. ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް (careers @defence.gov.mv ) އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިންޓަވިއުއޮންނާނެ ތަނާއި މުއްދަތު: |
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނާއި އިންޓަވިއު އޮންނާނީ، 2022 މާރިޗު 9 އާ 15 ދެމެދު، މިނިސްޓްރީ އޮފް ޑިފެންސްގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް)" އާންމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މަޢުލޫމާތު ސާފުކުރުން. |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313724 އަށެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުސޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usool) އިން ލިބެން ހުންނާނެއެވެ.
|