ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން އުފައްދާ ޕްރޮގްރާމަކަށް ބޭނުންވާ ލަވަތައް ތައްޔާރުކޮށް ހުށަހަޅައިދޭނެ ތަފާތު 05 (ފަހެއް) ފަންނާނުން ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2022/53

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-013-22) PSM- TVM Pro /2022/24

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

       މިކުންފުނިން އުފައްދާ ޕްރޮގްރާމަކަށް ބޭނުންވާ ލަވަތައް ތައްޔާރުކޮށް ހުށަހަޅައިދޭނެ ތަފާތު 05 (ފަހެއް) ފަންނާނުން ހޯދުމަށް ކުރެވުނު ނަމްބަރު (IUL) PSM-FP/ PSM/2022/42 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        ވީމާ، މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ފެބްރުއަރީ 2022  ވާ އާދިއްތަ  ދުވަހުގެ 12:00  އަށް  ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

        ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

                21 ރަޖަބު 1443     

                22 ފެބްރުއަރީ 2022

22 ފެބުރުވަރީ 2022
ހޯދާ