ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އިންޖީނު އޮޕަރޭޓަރ

ވަޒީފާގެ ދާއިރާ:

ވ. ފުލިދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:

-/8000ރ އާއި -/11000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  •  މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 03 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ގްރޭޑް 10 ނިންމާފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޝިފްޓް ޑިއުޓީ ކުރުމާއި، އިންޖީނުތައް ހިންގައި އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުސޫލުން ބެހެލެއްޓުން
  • ޑިއުޓީ ލޮގުނަގައި ޝީޓްތައް ފުރިހަމަކޮށް ލޯޑްގްރާފް ކުރަހާ ޗެކުކޮށް ބެލެހެއްޓުން
  • ކޮންމެ ދުވަހެއްގެ ފަހު ޝިފްޓް ޑިއުޓީގައި ހުރިހާ ތެޔޮ ތާނގިތަކެއްގެ ސައުންޑިންގ ޗެކްކޮށް، ޑީސަލާއި އަޑީތެލުގެ ބާކީގެ ހުރިހާ ހިސާބެއް ނިންމުން
  • އިންޖީނުގޭގަ މެކޭނިކަލް ގޮތުންނާއި އިލެކްޓްރިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ބައިވެރިވުން
  • ރީޑިންގ ނެގުމާއި ބިލް ހަވާލްކުރުން
  • ފައިސާ ނުދައްކަވާ ފަރާތްތަކަށް ފޮނުވަންޖެހޭ ޑިސްކަނެކްޝަން ނޯޓް ހަވާލުކުރުން
  • ފެނާއި ނަރުދަމާ ގާއިމްކޮށްފައިވާ އިންޖީނުގެތަކުގައި:-
  • ޤަވައިދުން ޕަންޕް ސްޓޭޝަންތަކުން ރީޑިންގ ނެގުމާއި މޮނީޓަރ ކުރުން
  • ޤަވައިދުން ސްވަރޭޖް ޑާޓާ ކަލެކްޝަން ރިޕޯރޓް ތައްޔާރުކުރުން
  • ނަރުދަމާ ނެޓްވޯރކް އަޕްޑޭޓްކުރުން
  • 'ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް' (އެސް.ޓީ.ޕީ)ގެ ސްޓޮކް ބެލެހެއްޓުން، ބޭސް ސްކްރީން ފިލްޓަރ ސާފުކޮށް މެއިންޓެނަންސް މަސައްކަތް ކުރުން
  • ނަރުދަމާ ކޮންޒިއުމަރ ބެލެހެއްޓުމާއި ނިއު ކަނެކްޝަން ސާރވޭކޮށް ގުޅައިދިނުން
  • އަދި ރަށުގައި ޤާއިމް ކުރެވިފައިވާ ނަރުދަމާ ނިޒާމާއި ގުޅުންހުރި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

27 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ވ. ފުލިދޫ އިންޖީނުގެ އަށް 27 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

19 ރަޖަބު   1443

20 ފެބުރުވަރީ 2022 

20 ފެބުރުވަރީ 2022
ހޯދާ