މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާ ހިންގުމަށް ވަޤުތީ ޢިމާރާތެއް ހޯދުން

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.                                        ނަމްބަރ: (IUL)362/362/2022/7

 

 

އިޢުލާން

 

ކައުންސިލް އިދާރާ ހިންގުމަށް ވަގުތީ ޢިމާރާތެއް ހޯދުން

                  މިއިދާރާގެ އައު ޢިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިއިދާރާ ހިންގަމުންދާ ޢިމާރާތް ތަޅާލާ، ބިން ސާފުކުރުމަށްފަހު މިއިދާރާ ހުރި ބިމުގައެވެ. އެހެންކަމުން ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ފެށިގެން މަސައްކަތް ނިމި އައު ޢިމާރާތަށް ކައުންސިލް އިދާރާ ބަދަލުކުރެވެންދެން ކައުންސިލް އިދާރާ ހިންގާނެ ވަގުތީ ޢިމާރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާ ބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

                  ވީމާ، ކައުންސިލް އިދާރާ ހިންގުމަށް ޢިމާރާތެއް ކުއްޔަށް ދިނުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކުގައި މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

                  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު: 6720602 އަށް ގުޅުއްވުމުންނާ އަދި މިއިދާރާގެ އީ-މެއިލް:  [email protected]އަށް މެއިލް ކުރެއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުން

02 މާރޗް 2022

ބުދަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

06 މާރޗް 2022

އާދީއްތަ

11:00

 

                               20 ރަޖަބު 1443

                              21 ފެބްރުއަރީ 2022

 

21 ފެބުރުވަރީ 2022
ހޯދާ