އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޤަވާޢިދު ނަންބަރު 2015-R-229 ( ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤާވާޢިދު ) ގެ ދަށުން ސީވަރދިނަސް ސެޓްފިކެޓް ހެދުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް

 އިޢުލާން               

        ޤަވާޢިދު ނަންބަރު 2015-R-229 ( ދިވެހިރާއްޖޭގެ ކަނޑުގެ ޞަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤާވާޢިދު ) ގައި ސީވަރދިނަސް ސެޓްފިކެޓް ހެދުމަށް ބޭނުންވާ ބައެއް ކަންތައްތައް 16 ޖަނަވަރީ 2022 އިން ފެށިގެން ފުރިހަމަ ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނަންބަރު: (IUL)202-M/1/2021/109އިޢުލާނުންވަނީ އަންގަވާފައެވެ.

1-      އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް ހެއްދުން

2-      ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއިބެހޭ ސެޓްފިކެޓް ހެއްދުން

3-      " ސްވޭޖް ސެޓްފިކެޓް ހެއްދުން"

4-      " އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށްފަހު ދޫކުރާ ލިޔުން" ހޯދުން

5-      ކެޕްޓަނުން،ފަޅުވެރިން އަދި މެރިން މެކޭނިކުން ކޯސް ހެދުމަށްފަހު ސެޓްފިކެޓް ހޯދުން     

6-      ބޮޔަންޓް އެޕެރޭޓަސް / ލައިފްރާފްޓް ނުވަތަ ރެސްކިއުބޯޓް ހުރުން

7-      ވެސަލް ޓްރެކިން ޑިވައިސް ހަރުކުރުން

8-      އުޅަނދުގެ މެނިފެސްޓް އެގެން އޮތުން

9-      ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން

10-     މުވާސަލާތީ ވަސީލަތްތައް ހުރުން (ވީއެޗް.އެފް/ސެޓެލައިޓްފޯން/ރޭޑިއޯ ޓެލެފޯން/އީޕާބް )

11-     ލައިފް ޖެކެޓް، ލައިފް ބޮއި އޮތުން

          ވީމާ،މިކަންތައްތަކަކީ 16 ޖަނަވަރީ 2022 ވަނަ ދުވަހުންފެށިގެން ޢަމަލުކުރުމަށް ލާޒިމްވާ ކަންކަން ކަމުގައި ދެންނެވީމެވެ. އަދި  މިކަންކަން ފުރިހަމަ ކުރެވިފައި ނުވާ އުޅަނދު ފަހަރަށް ސީވަރދިނަސް ހަދާދެވޭނީ މިކަންކަން ފުރިހަމަ ކުރުމުން ކަމުގައި ދެންނެވީމެވެ.

07   ރަޖަބު   1443 ހ.

08  ފެބުރުވަރީ  2022 މ.

08 ފެބުރުވަރީ 2022
ހޯދާ