އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވުނުގޮތުގެ ވަގުތީ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން

          ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 770 ފަރާތުގެ ތެރެއިން، ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ތަފްޞީލު ލިސްޓް މި އިޢުލާނާއެކުގައި ޢާއްމުކުރެވިފައިއެވަނީއެވެ. މިލިސްޓް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މިލިސްޓް މިއިދާރާގެ ވެބްސައިޓް www.adducity.gov.mv ގައި ޝާއިޢުކުރެވި، އަވަށުއޮފީސްތަކާއި މިއިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާނެއެވެ.

          ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުއޮފީހަށް، 23 ފެބްރުވަރީ 2022 ވާ އަންގާރާ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ހުށަހަޅާ ފޯމް މިއިދާރާ އާއި އަވަށު އޮފީސްތަކުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިފޯމް މިއިދާރާގެ ވެބްސައިޓުން ޑައުންލޯޑްކުރެއްވޭނެއެވެ.

          ފްލެޓްލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

13 ރަޖަބު 1443

14 ފެބްރުވަރީ 2022

14 ފެބުރުވަރީ 2022
ހޯދާ