ދިވެހިރާއްޖެ
އިޢުލާން
"ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު" ގެ ފުރަތަމަ އިސްލާހާއި ގުޅޭ
"ރައްކާތެރި ގޮތުގައި އެއްތަނުން އަނެއްތަނަށް ގަނޑުކޮށް ބޯފެން އުފުލުމާއިބެހޭ މިންގަނޑު" ގެ ފުރަތަމަ އިސްލާހު (ނަންބަރު:(MFDA-FCD STAN 08-2018 (Rev.1–2022) ވަނީ މިނިސްޓްރީ އޮފް ހެލްތު އަދި މި އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ޝާއިޢު ކޮށްފައެވެ. މި މިންގަނޑަކީ މައިކްރޮބައޮލޮޖިކަލް އަދި ކެމިކަލް ކޮލިޓީއަށް ފެތޭގޮތަށް ރައްކާތެރިކަމާއި އެކު ބޯފެން ގަނޑުކޮށް އުފުލުމުގައި އަމަލުކުރާނެގޮތް ބަޔާންކުރާ މިންގަނޑެވެ.
އަދި ދަންނަވަމެވެ. މިމިންގަނޑަށް ޢަމަލުކުރަން ފަށާނީ މިއިޢުލާން ގެޒެޓުކުރާ ދުވަހުން ފެށިގެންނެވެ. މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
07 ރަޖަބް 1443ހ.