ދިވެހިރާއްޖެ
މުދިމުންގެ ޕޫލް އެކުލަވާލުން
ރަސްމީ މުދިމު ނުވަތަ އިމާމުން ޗުއްޓީ ގައި ހުންނަ ދުވަސްތަކުގައި ވަގުތީ ގޮތުން ނަގާ މުދިމުންގެ ޕޫލް 1 އަހަރު ދުވަހުގެ މުއްދަތައް އެކުލަވައިލާން ބޭނުންވެއެވެ.
ވީމާ މުދިމުންގެ ޕޫލުގައި ބައިވެރިވާން ބޭނުންވެލައްވާ ފަރާތްތަކުން 2022 ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާ އެކު މި ކަމަށް ޚާއްޞަކުރެވިފައިވާ ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ޕޫލު ގައި މަސައްކަތްކުރައްވާ ފަރާތަށް އުޖޫރަ ދިނުމަށް ކަނޑައެޅިފައިވަނީ:
| 
 #  | 
 މަޤާމު  | 
 ޝަރުތު  | 
 އުޖޫރަ  | 
| 
 1  | 
 އިމާމް  | 
 ޝަރުޠު ހަމަވާ  | 
 61.00 ރުފިޔާ ކޮންމެ ނަމާދު ވަގުތަކަށް  | 
| 
 2  | 
 މުދިމް  | 
 ޝަރުޠު ހަމަވާ (ޤުރުއާން ރީއްޗަށް ކިޔަވާން އެނގުން، ބަންގި ގޮވުމާއި، ނަމާދުކުރާން އެނގުން)  | 
 53.00 ރުފިޔާ ކޮންމެ ނަމާދު ވަގުތަކަށް  | 
މަޤާމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބޭން ހުންނާނެއެވެ.
